ތަނަވަސްކަން އިތުރުވުމަށް އެދިގެންވެސް ނިކަން ޢާއިލާގެ ބޭނުންތައް ފުއްދައިދީބަލަ! ދާނީ އިތުރުވަމުން! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ތަނަވަސްކަން އިތުރުވުމަށް އެދިގެންވެސް ނިކަން ޢާއިލާގެ ބޭނުންތައް ފުއްދައިދީބަލަ! ދާނީ އިތުރުވަމުން! އިން ޝާ ﷲ

ދަންނަ މީހުންނާ ރައްޓެހިންގެ ދިރިއުޅުމުން ބަލާށެވެ! ލިބޭ މިންވަރަކުން ޢާއިލާގެ ބޭނުންތައް ފުއްދަން ސަމާލުކަން ދޭ ޢާއިލާތަކުގެ ތަނަވަސްކަން އިތުރުވާނެއެވެ. އެއީ ކީއްވެގެންކަން އެނގޭހެއްޔެވެ؟ އެމީހުންނަށް ﷲ ތަޢާލާގެ ރަޙްމަތްފުޅު އިތުރުވާތީއެވެ! އެމީހުންނަށް ދެއްވަވާ މިންވަރު މަދުނަމަވެސް އޭގައި ބަރަކާތް ލައްވަވާތީއެވެ.

އަދި އޯގާތެރިކަމާއިއެކު އަމަލުކޮށް މުޢާމަލާތުކުރާ ދެމަފިރިން ތިބޭނީ މާއުފަލުގައެވެ. ދިރިއުޅޭނީ މާ ލޯބިންނެވެ. މިކަންކަމަކީ ޔަޖުރިބާއިން އެނގޭ ކަންކަމެވެ.

ގޭގައި ހުރި ތިޖޫރީ ކިތަންމެ ބޮޑުނަމަވެސް އެއިގެ ފުރެންދެން ފައިސާހުރިނަމަވެސް އެކަމުގެ އުފާ ޙާޞިލުކުރެވޭނީ ލިބޭ މިންވަރުން ޚަރަދުކުރާނަމައެވެ. ނޫންނަމަ އަބަދުވެސް އުޅެންޖެހޭނީ ލިބޭމިންވަރު މަދުވެގެންނެވެ.

ތަނަވަސްކަން ހުރިނަމަ އިތުރަށް ޚަރަދުކުރުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކަށްވަނީ ނުލިބޭ މިންވަރުން ޚަރަދުކުރަން އުޅުމުންނެވެ. ލޯނުނަގައި ދަރަނިވެރިވެގެން ދިރިއުޅެން ވިސްނާތީއެވެ.

އަހުރެންނަށް މައުލޫމާތުދޭ މީހުންގެ ކިބައިން އެނގޭ ގޮތުގައި ރައްޓެހިންގެ ތެރެއިން ފަޤީރުންނާއި ބައްދަލުވުމުން މާބޮޑަށް ހިނިތުންވެއެވެ. ސަބަބަކީ ދެއްވެވި މިންވަރަށް ފުދިގެން ތިބުމެވެ. ތަނަވަސް މީހުންގެތެރެއިން ގިނަ މީހުން ހިނިތުންވާނީވެސް ފާޑަކަށެވެ. އެއީ ކަމަކުކިޔައިފާނެކަމަށް ބިރުން ތިބޭތީއެވެ.

ހަމައެފަދައިން ފަޤީރުންނާއި ބައްދަލުވުމުން ވާހަކަދައްކާލަން އެމީހުން ވެސް ބޭނުންވެއެވެ. އެކަމަށް ވަގުތު ހޭދަކުރެއެވެ. ނަމަވެސް ތަނަވަސް މީހުން ވާހަކަ ކުރުކޮށްލާނެއެވެ. ބިޒީކަން ދައްކަމުން އަވަހަށް ދުރަށްދާނެއެވެ. އެއީވެސް ކަމަކުކިޔައިފާނެތީއެވެ.

ވީމާ އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުންވާނަމަ ލިބޭ މިންވަރުން ޚަރަދުކުރާށެވެ. ދެން އެހެން ގޮތެއް ނެތިގެން ނޫނީ ދަރަނިވެރިނުވާށެވެ! މުސްލިމުން އުޅެން އޮތް ގޮތަކީ އެއީ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން