އިނގިރޭސިވިލާތުގެ 22 އަހަރުގެ މާބަނޑު އަންހެނަކު ނިދީގަ މަރުވުމުން ބޮޑެތި ނޫސްތަކުގެ ފަލަ ސުރުޚީއަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
އިނގިރޭސިވިލާތުގެ 22 އަހަރުގެ މާބަނޑު އަންހެނަކު ނިދީގަ މަރުވުމުން ބޮޑެތި ނޫސްތަކުގެ ފަލަ ސުރުޚީއަށް!

އިނގިރޭސިވިލާތުގެ 22 އަހަރުގެ މާބަނޑު އަންހެނަކު ނިދީގަ މަރުވުމުން ބޮޑެތި ނޫސްތަކުގެ ފަލަ ސުރުޚީއަށްއަރައިފިއެވެ. 

ޚަބަރުތައް ބުނާ ގޮތުން ބަނޑަށް 20 ހަފްތާގެ އެއަންހެން މީހާ ހެނދުނު ކުޑަކޮށް ބަލިވެއުޅުނެވެ. ނަމަވެސް އިރުކޮޅަކުން ރަނގަޅުވުމުން ޑޮކްޓަރަކަށް ނުދައްކައެވެ. އަންގާރަ ދުވަހުގެ ރޭ ނިދީގައި މަރުވީއެވެ. ކުރިންވެސް ޢޭނާއަށް ވަނީ ދަރިއަކު ލިބިފައެވެ. 

މިފަދަ ޙާދިސާތަކުން ޢިބްރަތް ޙާޞިލުކުރަން ޖެހެއެވެ. އެތައް މިލިއަން ބައަކު ދިރިއުޅޭ އިނގިރޭސިވިލާތް ފަދަ ޤައުމެއްގައި މިފަދަ ޚަބަރެއް އެންމެ ބޮޑެތި ފަލަސުރުޚީއަށް އެރުމުންނެވެ. އެކަމުން އެނގޭކަމަކީ ކުއްލިމަރުތައް ގިނަވަމުން އަންނަކަމާއި އެކަމަށް ދުނިޔޭގެ ބޮޑެތި މީޑިއާތަކުން ސަމާލުކަންދޭ ކަމެވެ. 

ހިތާމައަކީ މަރުވުމުން މިހައިބޮޑަށް ކަންބޮޑުވެވޭއިރު މަރުވާނެ ކަމަށް ކަންބޮޑުނުވެވޭކަމެވެ. ދިރިހުރިނަމަ އެމީހަކު ކުރަން ބޭނުންވާ ކަމެއްކޮށް އުޅެންބޭނުންވާ ގޮތަކަށް އުޅެވޭކަމެވެ.  

ރާއްޖެއަށް ބެލިނަމަވެސް ކުއްލިމަރުތައް އަންނަނީ ގިނަވަމުންނެވެ. ކުއްލިމަރުތައް ގިނަވުމަކީ ފަހުޒަމާނުގެ ޢަލާމާތެކެވެ. މިހެން ބުނެލުމަކުން އަދި ނުފުދެއެވެ. ކޮންމެ ވަޤުތަކުވެސް ތިމާ މަރުވެދާނެކަމަށް ވިސްނައި އެކަމަށް ތައްޔާރަށް ހުންނަން އެބަޖެހެއެވެ.

 

 

 

މިއަދު އޮންލައިން