ކުރިމަތިވި ތަކްލީފް ބޮޑުވެގެން ކަންބޮޑުނުވާށެވެ! ތިބާއަށް ތަކްލީފްތައް ކުރިމަތިކުރައްވަވަނީ ތިބާއަށް އެކަންކަން އުފުލޭނެ މިންވަރު ތިބާއަށްވުރެ މޮޅަށް ދެނެވޮޑިގެންވާ ފަރާތުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ކުރިމަތިވި ތަކްލީފް ބޮޑުވެގެން ކަންބޮޑުނުވާށެވެ! ތިބާއަށް ތަކްލީފްތައް ކުރިމަތިކުރައްވަވަނީ ތިބާއަށް އެކަންކަން އުފުލޭނެ މިންވަރު ތިބާއަށްވުރެ މޮޅަށް ދެނެވޮޑިގެންވާ ފަރާތުން!

މިފަށަނީ ކުޑަކުޑަ މިޘާލަކުންނެވެ. ރަނގަޅަށް ވިސްނައިގެން ތިބެ އަޑުއަހަމުންގެންދާށެވެ.  

ވަރަށް އެކުވެރި ދެކުދިންނެވެ. އެއްކުއްޖަކީ އެހައި ތަޤްވާވެރި ކުއްޖެއްވެސް އަނެއް ކުއްޖާއަކީ ތަޤްވާވެރި ކުއްޖެކެވެ. ދެން މިވާގޮތަކީ ތަޤްވާވެރި ކުއްޖާއަށް އަބަދުހެން އޮންނަނީ ކޮންމެވެސް މުޞީބާތެއް ކުރިމަތިވެފައެވެ. ކޮންމެވެސް ކަމެއް ކުރިމަތިވެ ތަކްލީފްތައް އުފުލަން ޖެހިފައެވެ.  

އެހެންވެ އެކުއްޖާ ނަމާދު ނިމިގެން އިމާމަކާއި ބައްދަލުކޮށް މިވާހަކަ ކިޔައިދިނުމުން އިމާމް ވިދާޅުވިއެވެ.  

"ދަރިފުޅާއެވެ! އުފާކުރާށެވެ! ކުޑައެއް ބޮޑެއް ކިޔާނެ ކަމެއް ނެތެވެ. އެއްވެސް މީހަކަށް ނުއުފުލޭނެވަރުގެ ތަކްލީފެއް ހަމަ އެއްވެސް މީހަކަށް ނުޖައްސަވާނެތެވެ. އަދި ނުއުފުލޭނެ ވަރަކަށްވެސް ނުޖައްސަވާނެތެވެ. ތިބާގެ ކިބައިގައި ހުރި ޤާބިލްކަން ތިބާއަށްވުރެ މާމޮޅަށް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. 

ދެން އޮތީ ތިބާއަށް ކުރިމަތިކުރައްވަވާ އިމްތިޙާންތައް ބޮޑެތިވެފައި ވަރުގަދަވެފައި ގިނަވުމެވެ. ޔަޤީންކުރާށެވެ! އެކަންކަން އެގޮތަށް މެދުވެރިކުރައްވަވަނީ ތިބާދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާވަރު ބޮޑުކަމުންނެވެ. ވީމާ ތިއައީ އެއްގޮތަކަށްވެސް ކަންބޮޑުވާންޖެހެންވީ ކަންކަމެއް ނޫނެވެ." 

ޙަޤީޤަތުގައި އިމާމް އެހާމަކުރެއްވެވީ ކަންކަން އޮތް މަގެވެ.  

ދެން އޮތީ އެއްވެސް ތަކްލީފެއް އުފުލަން ނުޖެހުމެވެ. ހިތްދަތިކަމުގައިވެސް އުޅެން ނުޖެހުމެވެ. ދަތިޙާލުގައިވެސް އުޅެން ނުޖެހުމެވެ. ވޭން އުފުލަން ނުޖެހުމެވެ. ބުނަން ހެއްޔެވެ؟ ޙަޔާތުގެ ކޮންމެވެސް ހިސާބެއްގައި މިކަންކަން ކުރިމަތިނުވާނެ ހަމައެކަކުވެސް ނުހުންނާނެއެވެ. އެކި މީހުންނަށް ކުރިމަތިވާނީ އެކި ކަންކަމެވެ. އެކި މިންވަރަށެވެ. އެކި ގޮތްގޮތުންނެވެ. ވީމާ މިބުނި ކަންކަމުން އެކުގައި ސަލާމަތްވެގެން ދުނިޔޭގައި އުޅެވޭނެ ކަމަށް ހީނުކުރާށެވެ. 

ހަމައެކަކަށްވެސް ނުހުރެވޭނެކަން ޤުރްއާނުން އެނގެން އެބައޮތެވެ. ވަޤުތު ނެތުމުން މާބޮޑު ތަފްޞީލަށް ދެވޭކަށް ނެތެވެ. ނަމަވެސް އިމްތިޙާނު ނުކުރައްވަވައި ދޫކޮށް ނުލައްވަވާނެކަމަށް ހީނުކުރަން އޮތް ބަސްފުޅުން މިދެއްކި ވާހަކަތަކަށް ދަލީލް ލިބިގެންދެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން