ނެޝަނަލް އެކްޝަން ޕްލޭން އޮން ޑިސްއެބިލިޓީ އިންކްލޫޝަން އަކީ ޔޫ.އެން.ޑީ.ޕީގެ އެހީތެރިކަމާއެކު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ރަމްޒުކޮށްދޭ ޖަމުޢިއްޔާތަކާ ގުޅިގެން ތައްޔާރުކޮށްފައިވާ 05 އަހަރުގެ އެކްޝަން ޕްލޭންއެކެވެ.
މި އެކްޝަން ޕްލޭންއަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ކަށަވަރުކުރުމުގައި ޤާނޫނުން އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކުން ބަޔާންކުރާ ސިޔާސަތުތައް ތަންފީޒުކުރުމުގައި، ސަރުކާރުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތަކަށް ވަކާލާތުކުރާ އެކި ފަރާތްތަކާއި ގުޅިގެން ހިންގާނެ ހަރަކާތްތައް ހިމެނޭ މަގުޗާޓެކެވެ.
މި އެކްޝަން ޕްލޭންއާއި ގުޅިގެން މިހާތަނަށް ސަރުކާރުގެ 33 ފަރާތްތަކާއި މަޝްވަރާކުރެވި، 2025 މެއި މަހުގެ ތެރޭގައި އެކްޝަން ޕްލޭން ވަނީ ލޯންޗުކުރެވިފައެވެ.
ހަބަރު: ސަރުކާރު