ތޫފާނުގެ ސަބަބުން ގެއްލުން ލިބުނު ޤައުމުތަކަށް އެމްފައިސާ މެދުވެރިކޮށް، އެއްވެސް ފީއެއް ނުނަގައި ބައިނަލްއަޤްވާމީ މަނީ ޓްރާންސްފަރ ކުރެވޭނެކަން އުރީދޫ ފިންޓެކް މޯލްޑިވްސް އިން މިއަދު އިޢުލާންކޮށްފިއެވެ. 1 ޑިސެމްބަރު 2025 އިން 31 ޑިސެމްބަރު 2025 ގެ ނިޔަލަށް އެއްވެސް ޓްރާންސްފާ ޗާޖެއް ނުނަގާ ވަގުތުން ވަގުތަށް އަދި ރައްކާތެރިކަމާއެކު ލަންކާ، އިންޑޮނޭޝިއާ، މެލޭޝިއާ އަދި ތައިލެންޑަށް ފައިސާ ފޮނުވޭނެ އެވެ.
މި ލިމިޓެޑް ޓައިމް އޮފަރ ފަރުމާކޮށްފައި ވަނީ މި ސަރަހައްދުގެ މޫސުން ގޯސްވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ އާއިލާތަކާއި މުޖުތަމައުތަކަށް އަވަސް އަދި ރައްކާތެރިކަމާއެކު މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
އެމް-ފައިސާގެ އިންޓަނޭޝަނަލް މަނީ ޓްރާންސްފަރ (އައިއެމްއާރު) ހިދުމަތާއެކު ކަސްޓަމަރުންނަށް ފޯނުން ވަގުތުކޮޅެއްގެ ތެރޭގައި ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭނެ އެވެ. މި ޚިދުމަތަކީ މަނީގްރާމް އާ ޕާޓްނަރވެގެން ކުރިއަށް ގެންދެވޭ ޚިދުމަތެކެވެ.. .
މި ހިދުމަތާއެކު:
• ތޫފާނުގެ އަސަރު ކޮށްފައިވާ ބައެއް ގައުމުތަކަށް ޓްރާންސްފާ ފީއެއް ނުނަގާނެ
• ދުވާލަކު 10،000 ޑޮލަރާ ހަމައަށް ޓްރާންސްފަރ ލިމި
ފޯމު ފުރަން ނުޖެހޭ، ސަފުގައި މަޑު ކުރަން ނުޖެހި ޑިޖިޓަލީ ފައިސާ ފޮނުވާލުން
• އެމްފައިސާ އެޕް މެދުވެރިކޮށް ރިއަލް ޓައިމް ޓްރާންސެކްޝަން ޓްރެކިން
ކަސްޓަމަރުން އެމްފައިސާ ވޮލެޓަށް ފައިސާ އެޅުމުން، ކަސްޓަމަރުންގެ މައުލޫމާތު ފުރިހަމަކޮށް، ޑިޖިޓަލްކޮށް ޓްރާންސްފަރ ފުރިހަމަކޮށް، ޑެލިވަރީ ސްޓޭޓަސް ބެލޭނެއެވެ.
މި މަސައްކަތާ ގުޅޭގޮތުން އުރީދޫ ފިންޓެކް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޚާލިދު އަލް ހަމާދީ ވިދާޅުވިއެވެ.
ދިވެހިރާއްޖެއަކީ މި ސަރަޙައްދުގެ އަވަށްޓެރި ޤައުމުތަކާ ވަރަށް ގާތް ގުޅުމެއް އޮންނަ ޤައުމެކެވެ. ރާއްޖޭގެ ގިނަ ރައްޔިތުންނަކީ އަދި ދިރިއުޅޭ ބިދޭސީންގެ ގާތްތިމަގެ މީހުން މި ސަރަޙައްދުގެ ޤައުމުތަކުގައި ދިރިއުޅެއެވެ. ޓްރާންސްފަރ ފީ އާނުލާ، ވަގުތުން ރައްކާތެރި ޑިޖިޓަލް ރެމިޓެންސްތައް ފޯރުކޮށްދިނުމުން، މި ދަތި އުނދަގޫ ދަނޑިވަޅުގައި އެހީއަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެ ކަމަށް އުންމީދު ކުރަމެވެ. އަޅުގަނޑުމެންގެ އަމާޒަކީ ޓެކްނޮލޮޖީ އަކީ މާނަވީ މަގްސަދެއް ހާސިލް ކުރާ އެއްޗެއްކަން ކަށަވަރު ކުރުން، އެއީ މީހުން ގުޅުވާލުމާއި، މުޖުތަމައުތައް ވަރުގަދަކޮށް، އެންމެ މުހިންމު ވަގުތުތަކުގައި އަވަސް އެހީ ފޯރުކޮށްދިނުމެވެ.."
މި އެހީގެ ސަބަބުން ޑިޖިޓަލް ފައިނޭންޝަލް ޚިދުމަތްތައް ބޭނުންކޮށް، މުޖުތަމައިއަށް އެހީތެރިވުމަށާއި، އިންކްލޫސިވިޓީ އަދި ސަރަޙައްދީ ގުޅުންތައް ބަދަހިކުރުމަށް އުރީދޫއިން ކުރަމުން އަންނަ މަސައްކަތް އިތުރަށް ވަރުގަދަވެގެންދާނެ އެވެ.