ކޮންމެ މީހަކީވެސް ޢަދާވާތްތެރިއަކަށްވެދާނެކަން- ޤުރްއާނުން

ކިޔުމަށް ހޭދަވާނީ 3މ 52ސ
ކޮންމެ މީހަކީވެސް ޢަދާވާތްތެރިއަކަށްވެދާނެކަން- ޤުރްއާނުން

ޢާއިޝަތު ރަފާޙް ޢަލީ

 

ﷲ ތަޢާލާ ތަޣާބުން ސޫރަތުގެ 14، 15 އަދި 16 ވަނަ އާޔަތުގައި ފިތުނަތަކުން ރައްކާތެރިވުމަށާއި، ﷲ ތަޢާލާއަށް ތަޤްވާވެރިވުމަށް ބާރުއަޅުއްވާފައިވެއެވެ. 

يَا أَيُّهَا الَّذِينَ آمَنُوا إِنَّ مِنْ أَزْوَاجِكُمْ وَأَوْلَادِكُمْ عَدُوًّا لَّكُمْ فَاحْذَرُوهُمْ ۚ وَإِن تَعْفُوا وَتَصْفَحُوا وَتَغْفِرُوا فَإِنَّ اللَّهَ غَفُورٌ رَّحِيمٌ ﴿١٤﴾‏ إِنَّمَا أَمْوَالُكُمْ وَأَوْلَادُكُمْ فِتْنَةٌ ۚ وَاللَّهُ عِندَهُ أَجْرٌ عَظِيمٌ ﴿١٥﴾‏ فَاتَّقُوا اللَّهَ مَا اسْتَطَعْتُمْ وَاسْمَعُوا وَأَطِيعُوا وَأَنفِقُوا خَيْرًا لِّأَنفُسِكُمْ ۗ وَمَن يُوقَ شُحَّ نَفْسِهِ فَأُولَٰئِكَ هُمُ الْمُفْلِحُونَ ﴿١٦﴾‏ 

މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ އަނބީންނާއި، ތިޔަބައިމީހުންގެ ދަރިންގެ ތެރެއިން، ތިޔަބައިމީހުންނަށް عداوة ތެރިންވެއެވެ. ފަހެ، އެއުރެންނަށް ތިޔަބައިމީހުން ރައްކާތެރިވެ ތިބޭށެވެ! ތިޔަބައިމީހުން عفو ކޮށް، މާފުކޮށް، އަދި ކުށަކަށް ނުހަދައިފިނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ. (14) 

މިއާޔަތުން އެނގިގެންދަނީ ތިމާއާއި އެންމެ ގާތްކަން ބޮޑުވާންޖެހޭ މީހުންގެ ތެރޭގައިވެސް ޢަދާވާތްތެރިވާނެކަމެވެ. ނަމަވެސް އެންމެންނެއް ނޫނެވެ. އެކަން ހަނދާންކުރަންވާނެއެވެ. ހަމަ އެއާއިއެކު އެކަމަށް ރައްކައުތެރިވާންޖެހޭނެ ކަމާއި އެންމެ ފައިދާހުރި ގޮތަކީ މާފުކުރުންކަންވެސް އެވަނީ ވަޙީކުރައްވަވައިފައެވެ. 

ތިޔަބައިމީހުންގެ މުދާތަކާއި، ތިޔަބައިމީހުންގެ ދަރިންތައް ވާކަންކަށަވަރީ، امتحان އެއް ކަމުގައެވެ. އަދި ބޮޑުވެގެންވާ ދަރުމަހުރީ، اللَّه ގެ حضرة ގައެވެ. (15) 

ފަހެ، ތިޔަބައިމީހުންނަށް ކުޅަދާނަވީވަރަކުން، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ތިޔަބައިމީހުން އަހާށެވެ! އަދި ތިޔަބައިމީހުން ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން ހޭދަކުރާށެވެ! ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް އެގޮތް ހެޔޮކަން ބޮޑުވެގެންވެއެވެ. އަދި އެމީހެއްގެ އަމިއްލަ نفس ގެ ދަހިވެތިކަމުން މިންޖުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ ދިންނަވާނޭ މީހުންނެވެ. (16)"

 

މިއަދު އޮންލައިން