ކައިވެނީގެ ރަސްމިއްޔާތު ލުއިކުރިވަރަކަށް ކައިވެނީގަ ބަރަކާތް އިތުރުކުރައްވަވާނެ! އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ކައިވެނީގެ ރަސްމިއްޔާތު ލުއިކުރިވަރަކަށް ކައިވެނީގަ ބަރަކާތް އިތުރުކުރައްވަވާނެ! އިން ޝާ ﷲ: މުފްތީ މެންކް

ބައެއް ޒުވާނުން ކައިވެނިނުކޮށް ލަސްކުރާ އެއް ސަބަބަކީ ތިމާމެންގެ ހިތްފުރައިލެވޭވަރުގެ ބޮޑު ކައިވެނީގެ ރަސްމިއްޔާތަކަށް ތައްޔާރުވުމަށެވެ. އެކަމަށް ބޭނުންވާ ފައިސާ އެއްކުރުމަށެވެ. ނަމަވެސް މިއީ ރަނގަޅު ގޮތެއް ނޫނެވެ.  

ތަނެއް ޒީނަތްތެރިކުރުމުގެ ބޭނުމެއް ނެތެވެ. މިސްކިތުގައި ކައިވެނިކުރާށެވެ! އެއަށްވުރެ މާތް ތަނެއް ބިންމައްޗަކު ނެތެވެ. ކައިވެންޏަށްފަހު ބައިވެރިންނަށް ފޮނިކާއެއްޗެއް ބަހައިލެވުނަސް ފުދުނީއެވެ.

- މުފްތީ މެންކް 

މިއަދު ގިނަ ބައެއްގެ ކިބައިން ފެންނަމުން މިދަނީ މީގެ އިދިކޮޅެވެ. ބޮޑު ކައިވެނީގެ ރަސްމިއްޔާތެއް ބާއްވަން ތައްޔާރުވާން ހަދައިގެން ކައިވެނިނުކުރެވި އެތައް ދުވަހެއް ލަސްވެގެންދަނީއެވެ.  

އެންމެ ހިތާމަހުރިކަމަކީ އެގޮތަށް ތިބޭ ދުވަސްތަކުގައި ﷲާފަތައް ކުރެވޭ ކަމެވެ. ކައިވެނީގެ ފަހުން ނުވަތަ ކައިވެނިކުރުމުން ހުއްދަވާނެ ކަންކަންވެސް ކުރެވެނީއެވެ. އެކަންކަމުގެ ސަބަބުން ކައިވެނީގެ ބަރަކާތްވެސް ކެނޑިގެންދަނީއެވެ.  

ރާއްޖެއަށް ބަލައިފިނަމަ މިސްކިތުގައި ކައިވެނިކުރުމަކީ ޢާންމުކޮށް ކޮށްއުޅޭކަމެއް ނޫނެވެ. ކައިވެނިކުރަނީ ކޯޓުގައެވެ. ނުވަތަ ގޭގޭގައެވެ. އެމީހެއްގެ ކެރިފޯރުންތެރިކަން ހުރިވަރަކުން އެކަން ކުރާށެވެ. މުހިންމީ ލޯބިވެގެން ގިނަ ދުވަހު އެކުގައި ނުއުޅެ އަވަހަށް ކައިވެނިކުރުމެވެ. ޝައިޚް ބާރުއަޅުއްވަވާފައި އެވަނީ އެކަމަށެވެ.

މިއަދު އޮންލައިން