ޤިޔާމަތް ވުމުގެ ވާހަކަތަކާއި ޤިޔާމަތްވުން ގާތްވެއްޖެ ކަމުގެ ވާހަކައަކީ އެންމެ ގިނައިން ދައްކަން ޖެހޭ އެއް ވާހަކައެވެ. ބޭނުމަކީ މީސްތަކުންގެ ހިތަށް ބިރުވެރިކަންވަދެ ބިރުވެތިވެ ހެޔޮ އަމަލުކުރަން ހިތްވަރު ދިނުމެވެ.
ޤިޔާމަތުގެ ތާޅަފިލީގެ އަޑު ގާތްވެއްޖެ ކަމުގެ މި 3 ޢަލާމާތުން 2 ޢަލާމާތް ފެނި ޢާންމު ވެއްޖެއެވެ! ސުވާލަކީ ތިބާއަށް ވިސްނި އިޞްލާޙްކުރެވުނީ ކޮންކަމެއް ހެއްޔެވެ؟
މިޙަދީޘްފުޅުގައި މިވަނީ 3 ކަމެކެވެ. ޙަދީޘްފުޅުގައިވާ 3 ކަންތަކުން ހަނދު އެއިގެ އަޞްލު ސައިޒަށްވުރެ ބޮޑުކޮށް ފެނުން ފިޔަވައި ދެން އޮތް 2 ޢަލާމާތް މިހާރު މިވަނީ ޢާންމުވެފައެވެ.
Sudden death is one of the signs indicating that the Last Hour is near. The evidence is that Anas narrated that the Prophet said:
"Among the signs that the Last Hour is near, is that the crescent would appear larger than its actual size and people would say: “It appears as if it is only two days old.”, and the mosques will be taken as streets, and sudden death will spread.”
[Al-Albaani classified it as authentic]
1 މަހުގެ ފުރަތަމަ ދުވަހުގެ ހަނދު ބޮޑުކޮށް ފެނުމެވެ. މިކަމަށް ޢަރަބިބަހުގައި ކިޔަނީ ހަނދު ފުފުމެވެ. ޙަދީޘްފުޅުގައި އެވަނީ ހަނދު ބޮޑުވެފައި ހުއްޓާ ފެނުމުން މީސްތަކުން އެއީ ދެވަނަ ދުވަހުގެ ހަނދުކަމަށް ބުނާނެ ކަމަށެވެ. މާނައަކީ ދެގުނައަށް ބޮޑުކޮށް ފެނުމެވެ.
2 މިސްކިތްތައް މަގުގެ ގޮތުގައި ބޭނުންކުރާނެއެވެ. މާނައަކީ މިސްކިތަށް އެރުމުގެ ބަދަލުގައި މަގުކުރުކުރަން ހިނގާ ތަނެއްގެ ގޮތުގައި މިސްކިތްތަކުގެ ގޯތި ބޭނުންކުރާނެ ކަމެވެ. މިސްކިތުގެ ގޯތިތެރެއިން ހިނގިނަމަވެސް މިސްކިތަށް އަރައި ނަމާދުނުކުރާ މީހުން އުޅޭނެ ކަމެވެ.
3 ވަނައީ ކުއްލި މަރު ގިނަވުމެވެ.
ކުއްލިއަކަށް މަރުވާ މީހުންގެ އަދަދު މުޅި ދުނިޔޭގައިވެސް އަންނަނީ އިތުރުވަމުންނެވެ. އެންމެ ބޮޑަށް ތަހުޒީބުވެފައިވާ ޤައުމުތަކުގައިވެސް މެއެވެ. އެއީ ޞިއްޙީ ފަރުވާ ދިނުމުގައި އެންމެ ބޮޑަށް ކުރިއަރާފައިވާ ޤަމުތައް ކަމުގައިވީނަމަވެސްމެއެވެ. އެގޮތުން އެންމެ ކުރިއަރާފައިވާ އެމެރިކާއަކީ މިކަމުގެ ނުރައްކާ އެންމެ ބޮޑު އެއް ޤައުމަސްވެފައިވާކަން ފާހަގަކުރެވޭއިރު ކުއްލިއަކަށް މަރުވަނީ ވަކި އުމުރެއްގެ ބައެއްވެސް ނޫނެވެ. ހުރިހާ ޢުމުރެއްގައިވެސް އެކަން ދިމާވެއެވެ. ވީމާ ކުއްލިއަކަށް މަރުވާ މީހުންގެ އަދަދު މިހައި ބޮޑަށް އިތުރުވަމުން މިދަނީ ޞިއްޙީ ފަރުވާ ދެވެން ނެތިގެން ކަމަށް ބުނެވޭކަށްވެސް ނެތެވެ.
މިކަންކަމަކީ ކޮންމެ ދުވަހަކު ލޯތަކަށް ފެންނަމުންދާ ކަންކަމެވެ. ކުއްލިމަރުގައި ކޮންމެ ދުވަހަކު އެތައް ބައަކު އެބަ މަރުވެއެވެ. ކޮންމެ ޤައުމެއްގެ ނޫސްތަކުގައިވެސް މިފަދަ ޚަބަރުތައް ކޮންމެ ދުވަހަކުވެސް ލިޔެ ހާމަކުރެއެވެ. ހަމަ އެފަދައިން އާދައާއި ޚިލާފް ޙާދިސާތަކުގައި ކޮންމެ ދުވަހަކު އެތައް ބައަކު އެބަ މުރުވެއެވެ. މީގެ އިތުރުން ފެތުރެމުންދާ ގޮތް ނުއެނގޭ ބަލިތަކުގައި ކޮންމެ ދުވަހަކު އެތައް ބައަކު ދަނީ މަރުވަމުންނެވެ.
ކުއްލި ގޮތަކަށް އެތައް ބައަކު މިއަދު މަރުވި ޚަބަރު މިއަދު ތިއަ ކިޔަނީ ތިބާއެވެ! ކުއްލި ގޮތަކަށް ތިބާ މިއަދު މަރުވި ޚަބަރު މާދަމާ ނުވަތަ މިއަދު ކިޔާނީ އެހެން ބައެކެވެ. ނިކަން މިކަންކަމަށް ވިސްނައި ފިކުރުކޮށްލައިބަލާށެވެ! ހޭލުންތެރިވެބަލާށެވެ! ﷲ ތަޢާލާ ދެއްވަވާފައިވާ ބުއްދީގެ ބޭނުން ނިކަން ހިފައިބަލާށެވެ!
މުސްލިމް އަޚުންނާއި އުޚުތުންނޭވެ! ކޮންމެ ވަގުތަކުވެސް މަރާއި ކުރިމަތިލާން ޖެހިދާނެކަން އަހަރެމެން އެނެމެން ވެސް އެބަ ޤަބޫލުކުރަމުއެވެ. ނަމަވެސް އެކަމުގެ ސަބަބުން ހިތަށް ބިރުވެރިކަން ނުވަންނަ ނަމަ އީމާންތެރިކަން ހިތުގައި އެބައޮތްތޯ އަމިއްލަ ނަފުސާއި ނިކަން ސުވާލުކޮށްލައިބަލާށެވެ!
ހޭލުންތެރިވުން އަވަސްކުރާށެވެ! ތައުބާވާށެވެ! ހެޔޮ އަމަލުތައް ކުރުން ގިނަކުރާށެވެ. މަރަށް ތައްޔާރުވެ ހުރުމަކީ އެއީއެވެ. ޚަބަރުތައް ކިޔައި ކަންބޮޑުވުމެއް ނޫނެވެ! ޚަބަރުތައް ކިޔައި ކަންބޮޑުވާނަމަ ކުރަން ޖެހޭ ކަންކަން މިބަޔާންކުރީއެވެ. އަދިވެސް އެއްފަހަރު ތަކުރާރުކޮށްލާނަމެވެ. ކޮންމެ ވަގުތަކުވެސް މަރާއި ކުރިމަތިލާން ޖެހިދާނެކަމަށް ބަލައި އެކަން ހިތުގެ އަޑިން ޤަބޫލުކޮށް ހޭލުންތެރިވުން އަވަސްކުރާށެވެ! އަވަހަށް ތައުބާވާށެވެ! ހެޔޮ އަމަލުތައް ކުރުން ގިނަކުރާށެވެ!
ކޮންމެ ދުވަހަކު އެތައް ފަހަރަކު މިކަންކަމުގެ ޚަބަރުތައް ނޫސްތަކުން އެބަ ކިޔަމުއެވެ. ޓީވީތަކުން ބަލަމުއެވެ. އެވަގުތު ހިތަށް ގޮތްތަކެއްވެސް ވެއެވެ. ނަމަވެސް އިރުކޮޅެއްވާއިރަކު ކަމެއްވީކަންވެސް ހަނދާނެއް ނުހުރެއެވެ. މިއަދު މަރުވި މީހުން ފަދައިން ހަމަ ކުއްލިއަކަށް ތިމާ މަރުވެދާނެތީ ބިރެއްވެސް ނުގަނެއެވެ. އަޅެ އިންސާނުން ވެފައި މިތިބީ ކިހިނެއް ހެއްޔެވެ؟
މީސްތަކުންނޭވެ! ހޭލުންތެރިވާށެވެ! ކަންބޮޑުވާންވީ މީހަކު މަރުވެގެނެއް ނޫނެވެ. މިބުނަނީ މީހަކު މަރުވުމުން އެކަމުގެ ހިތާމައިގައި ބައިވެރިނުވާ ވާހަކައެއް ނޫނެވެ. މިބުނަނީ އެހެން މީހަކު މަރުވެގެން ކަންބޮޑުވުމަށްވުރެ މުހިންމުކަން ބޮޑި އެމީހަކު މަރުވެދާނެކަމަށް ބިރުގަތުން ކަމަށެވެ.
ކިތަންމެ ވަރަކަށް ބިރުގަތް ނަމަވެސް މަރުވާނެ ކަމަށް ބުނެ ނިންމައެއް ނުލެވޭނެއެވެ! އެހެނީ ކޮންމެ ވަގުތަކުވެސް މަރުވެދާނެ ކަމުގެ އިންޒާރަކީ ﷲ ތަޢާލާ ދެއްވަވާފައިވާ އިންޒާރެކެވެ. ހަމައެކަނި އެ އިންޒާރު ދެއްވެވީއެއް ނޫނެވެ. އަބަދުވެސް ހުންނަން ޖެހޭނީ މަރަށް ތައްޔާރުވެގެން ކަމަށްވެސް ވަނީ އަންގަވާފައިވަނީ ހަމަ ﷲ ތަޢާލާއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން