އަޅުގަނޑުމެން ދެމަފިރިންގެ 3 ދަރިން އެބަތިއްބެވެ. 3 ކުދިންނަކީވެސް ރަނގަޅު ކުދިންނެވެ. ނުކިޔަމަންތެރިވާ ކުއްޖަކު ނެތެވެ. ދޭ ނަޞީޙަތް އަޑުއަހައެވެ. ހަމައެކަނި އޮންނަ މައްސަލައަކީ ކުރަންބުނާ ހެޔޮ ޢަމަލުތައް ނުކުރާކަމެވެ. ދީނަށް ޢަމަލުކުރުމާ ދުރުހެލިކަމެވެ. މިކަމަށް އޮތް ޙައްލަކީ ކޮބައިތޯ؟
ދަރިންގެ ކަންކަމާއި ގުޅިގެން މިމޭރުމުން ވަރަށް ގިނަބެލެނިވެރިން ސުވާލުކުރެއެވެ. ޖަވާބުވެސް ދެވެއެވެ. މިފަހަރުވެސް މިގެނެސްދެނީ މައްސަލަ ޢާއި ޙައްލު އެނގިލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ
ދަރީން ހެޔޮ ކަންތައްތަކަށް އާދަނުވަނި ކީއްވެ؟
އަސްލު ޙަޤީޤަތުގައި ދަރިންނަށް އެބަ ހެޔޮކަންތައްތަކަށް އެބަ އަމުރުކުރޭ މައިން ބަފައިން، އެކަމަކު ސުވާލު މިއުފެދެނީ ހެޔޮކަންތައްތަކަށް އެކުދިން އާދަ ނުވަނީ ކީއްވެގެންހޭ! މިއޮއްވަރަށް ބުނާއިރު، މިއޮއްވަރަށް ކުރުވާއިރުގައި، އެއީ ވަރަށްބޮޑަށް އުފެދޭ ސުވާލެއް އެހެންނޫންތޯ! ކީއްވެގެންހޭ އާދަނުވަނީ، އެޤުރްއާން ކިޔަވަންވެސް ހަމަ ނުބުނެފިއްޔަކާ ނުކިޔަވާނެ. ހަމަ މަންމަމެން ކިރިޔާވެސް އެއްފަރާތަކަށް ޖެހިލައިފިއްޔަކާ ނުކިޔަވާނެ. ކީއްވެގެންހޭ ސުވާލަކީ، މިސާލަކަށް ބައެއް މީހުން އެބަ ގެއިން ނުކުންނައިރު ގައި ކިޔާ ދުޢާ ތައްވެސް އެބަ ކިޔުއްވާ ދަސްކޮށްދޭ އެބަ. ވަންނައިރު ކިޔާދުޢާ ދަސްކޮށްދޭ އެބަ. އެކަމަކު ނުބުނެފިއްޔަކާ އެކުއްޖާ ނުކިޔާ އެންމެފަހަރަކުވެސް،
ސުވާލަކީ: ކީއްވެގެންތޯ އެވަރަށް މިހާރު ދެއަހަރުވީ ތިންއަހަރުވީ އެކުއްޖާޔަށް ކިޔައިދޭ ހިތުންވެސް ދަސް އެކުއްޖާ އެކަމަކު އެކުއްޖާ ނުބުނެފިއްޔާ އެނުކިޔަނީ ކީއްވެގެންތޯ؟ އުފައްދަން ޖެހޭ ސުވާލެއް ހިތުގައި، "އުފައްދަން ޖެހޭ ސުވާލެއް" ނޫފެދޭ ކަމުގައި ވެއްޖިއްޔާ އުފައްދަން ޖެހޭ ސުވާލެއް އެއީ ހިތުގައި، ކީއްވެގެންތޯ މިކުއްޖާ ތިމަންނަ މިހާރު ދެއަހަރުވިއްޔޭ މިކިޔާދޭތާ އަދިވެސް ހަމަ އަމިއްލައަކަށް ނޫޅޭ ކިޔާކަށް، ކޮބާ އޭގެސިއްރަކީ، الله سُبْحَانه وَتَعَالَى ކޮންމެ ކަމަކަށްވެސް ތައުފީގު ދެއްވަނީ ﷲ އެބަބައްލަވައޭ، މީނަ ކުރޭތޯ އެކަންތައް، މި މަންމަ އާއި ބައްޕަމީ މީ މީމުކިޔަންވެސް މިޖެހެނީ ހަގީގަތުގައި އެއީ ލިޔެވޭ ޢުމުރުގައި މިތިބީ، ޢަމަލުތައް ލިޔެވޭ ޢުމުރުގައި މިތިބީ މިދެމީހުން، އެކުއްޖާގެ ޢަމަލުތައް އަދި ނުވެސް ލިޔެވޭ އަދިއެއް މިދެމީހުން ކިޔާތޯ އެކުއްޖާ އަށްވެސް އެބައެނގޭ މަންމައާއި ބައްޕަ އާއި ނުކިޔައޭ ތިމަންނަ ކީއްކުރަންހޭ ކިޔަންވީ، މަންމައާއި ބައްޕަ ނުކިޔައޭ އެއްވެސް ދުޢާއެއް މަންމައާއި ބައްޕައޭ އެބުނަނީ ތިމަންނަ ކައިރީގައި ޤުރްއާން ކިޔަވަން އެމީހުން ކިޔަވާތަނެއް އެންމެ ވަގުތަކުވެސް ތިމަންނަ އަކަށް ނުފެނެއޭ.
އަދި ނަމާދުވެސް މިސާލަކަށް އެމީހުން ގިނަފަހަރަކަށް ކުރާތަނެއް ތިމަންނަ އަކަށް ނުފެނެއޭ ، އެއީ އަސްލު ނަމޫނާއަކަށް ވާންޖެހެނީ ކޮންމެ ހެޔޮކަމެއްވެސް ދަރިންނަށް ބުނެދޭ އިރުގައި އެކުއްޖާ އަށް ފެންނަން ޖެހޭނެ މައިންބަފައިން އެކަން ކުރާތަން އެހެންނޫނިއްޔަކާ ލާހިކެއްވެސް ނޫން އާދަ ކުރުވާކަށް، "އެކަން އާދަކުރުވާކަށް ލާހިކެއްވެސްނޫން." ނުވާނެ އެއީ ﷲ ކީރިތި ޤުރްއާނުގައި އެފަދަ މީހުންނަށް މަލާމާތް ކުރައްވާފަ އެބޮތް ނުކޮށް ތިބެގެން މީހުންނަށް ހެޔޮކަންތަކަށް އަމުރު ކުރާ މީހުންނަށް. އެއީ ﷲ ގެ ޙަޟްރަތުގައި ކޯފާވެސް ބޮޑުކަމެއް ކަމަށް " يَا أيُّهَا الَّذِيْنَ آمَنُوا لِمَ تَقُولُونَ مَالاَ تَفْعَلُون" އޭ އީމާން ވެސްޖެ މީސްތަކުންނޭ! ތިޔަބައިމީހުން ނުކުރާ ކަންތައް އެހެންމީހުންނަށް ކުރަން ތިޔަ ބުނެދެނީ ކީއްވެގެންހޭ "كَبُرَ مَقْتًا عِنْدَ اللَّهِ أَنْ تَقُولُوا مَا لا تَفْعَلُونَ " ﷲ ގެ ޙަޟްރަތުގައި ކޯފާ ބޮޑުވެގެންވާ ކަމެކޭ އެއީ ތިޔަބައިމީހުން ޚުދު ނުކޮށްތިބެގެން އެހެން މީހުން ލައްވާ ކުރުވަން ބުނުން.
އަދި އެހެން އާޔަތެއްގައި ﷲ ވަޙި ކުރައްވަނީ "أَتَأْمُرُونَ النَّاسَ بِالْبِرِّ وَتَنسَوْنَ أَنفُسَكُمْ " ތިޔަބައިމީހުން އަމިއްލަ ނަފްސުތައް ހަނދާން ނައްތާލައިގެން ތިބެ އެހެންމީހުންނަށް ހެޔޮކަންތައްތަކަށް އަމުރުކުރަނީ ހެއްޔެވެތި! ކީއްވެގެން ކުރާކަމެއްހެއްޔޭ އެއީ. އެހެން މީހުންނަށް ހެޔޮކަންތައްތަކަށް ތިޔަ އަމުރުކުރަނީ ޚުދު ނުކޮށްތިބެ ދެން ފައިދާއެއް ނުނިކުންނާނޭ އެއަކުން. އެއްދުވަހަކު ﷲ ގެ ނަބިއްޔާ ނިކަން ބައްލަވާ ﷲ ގެ ނަބިއްޔާ އަށް ޤުރްބާންވާން ތައްޔާރަށް ތިއްބެވި ބޭކަލުން އެއީ އަޞްޙާބު ބޭކަލުން، ސުލައިޙުލް ހުދައިބިއްޔާގެ ދުވަހުގައި އެދުވަހުގައި ދެން އެބޭކަލުންނަކަށް ޢުމްރާއަކަށް ވެދެވަޑައެއް ނުގެންނެވުނު މައްކާ އަކަށް ދެން ކޮންމެ ގޮތަކުންވެސް އިޙްރާމް ކަނޑަން ޖެހިއްޖެ. އިޙްރާމް އެއީ ޢުމްރާގެ ކުރިން ކަނޑަން ޖެހިއްޖެއްޔާ އެބަޖެހޭ ފިދުޔަ ކަތިލަން، "ފިދުޔަ ކަތިލަން އެބަޖެހޭ" ދެން އަޞްޙާބު ބޭކަލުން ނަށް އެކަލޭގެފާނު އެންގެވީ މިފަހަރަކު ދެން އަހަރެމެންނަކަށް ޢުމްރާއެއް ނުކުރެވުނޭ، އިޙްރާމް ކަނޑަން ޖެހިއްޖެޔޭ. މައްކާގެ ރައްޔިތުން އަހަރެމެން ވަނުން މަނާކޮށްފިއޭ މައްކާއަށް ކޮންމެ ގޮތެއްވިޔަސް އިޙްރާމް ކަނޑަން ޖެހިއްޖެޔޭ އޭގެ ބަދަލުގައި ފިދުޔަ ކަތިލަން ޖެހޭނޭ ހުރިހާ އެންމެން ތިޔަބައިމީހުންގެ އަތުގައި ހުރި ފިދުޔަތައް ކަތިލާށޭ، ހަމަ އެއްބޭކަލަކުވެސް ނުކުރެއްވި އެކަކުވެސް ހަމަ އެބޭކަލުންގެ އަތްޕުޅުގަ އޮތް އެއްޗެއް ކައްޗެއް ނުލެއްވި، އެކަލޭގެފާނު އެބޭކަލުންގެ މޫނުތަކަށްވެސް ބައްލަވާލެއްވި ވަރަށް ކަންބޮޑުވެ ވަޑައިގެންފި. އެކަލޭގެފާނު ކަމަކަށް ވިދާޅުވެއްޖިއްޔާ އެބޭކަލުން އެކަން ކުރައްވަން ތައްޔާރަށް ތިއްބަވާ ބޭކަލުންމީ، އެކަމެއް ނުކުރެއްވި އެކަލޭގެފާނު ވަރަށް ކަންބޮޑުވެ ވަޑައިގެން ހުންނަވާ އެކަލޭގެފާނު ޓެންޓުގެ ތެރެޔަށް ވަދެވަޑައިގެންނެވި،
އެދަތުރުފުޅުގައި އެކަލޭގެފާނާ އެކުގައި އެކަލޭގެފާނުގެ އަނބި ކަނބަލުންގެ ތެރެއިން ހުންނެވި އުންމު ސަލަމާ އެކަމަނާ އަށް ފެނިވަޑައިގެންފި އެކަލޭގެފާނުގެ މޫނުފުޅު ވަރަށް ބޮޑަށް އުދާސްވެފަ ހުއްޓާ، ވިދާޅުވި ކީއްވެފަތޯއެވެ. ކިހިނެއްވީތޯއެވެ. އެހިނދު ވިދާޅުވީ ތިމަން ކަލޭގެފާނަށްޓަކައި ޤުރްބާން ވާން ތައްޔާރަށް ތިއްބެވި ބޭކަލުންނޭ އެބޭކަލުންނަކީ، އެކަމު މިއަދު ތިމަންކަލޭގެފާނު ފިދުޔަ ކަތިލަން އަމުރު ކުރެއްވީމަކާ ހަމަ އެކަކު ވެސް ކައްޗެއް ނުލެއްވިއެވެ. އެހިނދު އުންމުސަލަމާ ވިދާޅުވަނީ ކަލޭގެފާނު ތިކަމަކާ ކަންބޮޑުވެ ވަޑައިގަންނަވާނެ ކަމެއް ނެތޭ ކަލޭގެފާނު ނިކުމެވަޑައިގެން އެއްވެސް އެއްޗެކޭ އެމީހުންނަށް ވިދާޅުނުވެ ކަލޭގެފާނުގެ ފިދުޔަ ނިކަން ކަލޭގެފާނު ކަތިލައްވަ ބައްލަވާށޭ.
ދެން ބައްލަވާށޭ އެމީހުން ކުރަނީ ކީއްތޯ! އެކަލޭގެފާނު ނިކުމެ ވަޑައިގެން އެކަލޭގެފާނުގެ ފިދުޔަ ކަތިލެއްވީ، سُبْحانَ الله ހުރިހާ ބޭކަލުން ވަގުތުން އަވަސްވެ ވަޑައިގެންނެވީ އެކަން ކުރެއްވުމަށް. އެޙަދީޘް ރިވާކުރެއްވި ޞަޙާބީ ވިދާޅުވަނީ އެތާނގަ އެކަކު އަނެކަކު ކަތިލަން ކައިރިވެގެން ދިޔައޭ އެމީހުން އެފިދުޔަ ކަތިލަން އަވަސްވެ ގަތްލެއް ބޮޑުކަމުން. އެހެންވީމަ ނަމޫނާ ދައްކާފަ ދެންކުރޭ ދެން އޭރުން އޭގެ ފައިދާ ނުކުންނާނީ، އެކަމަކު ދަރިންނަށް އަހަރެމެންގެ ކިބައިން ނަމޫނާ ނުފެންނަ ކަމުގައި ނުވެއްޖިއްޔާ ދަރިންވެސް ނުކުރާނެ އެކަންތައްތަކެއް.
- ޝައިޚް މުޙައްމަދު އިބްރާހީމްގެ ދަރުސަކުން