އެހެން މީހުންގެ ހިތުގަ ޖެއްސުމާ އަނިޔާވެރިވުމަކީވެސް އެމީހެއްގެ އަމިއްލަ ނަފްސުގެ ނުބައިކަމުން ސަލާމަތްނުވެވޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
އެހެން މީހުންގެ ހިތުގަ ޖެއްސުމާ އަނިޔާވެރިވުމަކީވެސް އެމީހެއްގެ އަމިއްލަ ނަފްސުގެ ނުބައިކަމުން ސަލާމަތްނުވެވޭ ކަމެއް!

މީސްތަކުންގެ ތެރޭގައި އެމީހާގެ އަމިއްލަ ނަފްސުގެ ނުބައިކަމުން ސަލާމަތްނުވެވޭ ބައަކު އުޅެއެވެ. އެއީ ކޮންބައެއް ހެއްޔެވެ؟ ޖަވާބަކީ އެމީހުންނަކީ އެމީހުން އުޅެން ﷲ ތަޢާލާ އަންގަވާފައިވާ މަގުން ނުއުޅެވޭ މީހުންނެވެ. ހެޔޮޢަމަލުތައް ނުކުރެވޭ މީހުންނެވެ. ފާފަތައް ކުރެވޭ މީހުންނެވެ. ހެޔޮކޮށް ހިތަންޖެހޭ މީހުންނަށް ހެޔޮކޮށް ނުހިތޭ މީހުންނެވެ. އެހެންމީހުންނަށް ގެއްލުންދެވޭ މީހުންނެވެ. އެހެން މީހުންގެ ހިތުގަ ޖައްސުވައި އަނިޔާވެރިވާ މީހުންނެވެ. 

މިފަދަ ނުބައި ސިފަތައް ހުރި ކޮންމެ މީހަކީވެސް އެމީހެއްގެ އަމިއްލަ ނަފުސުގެ ނުބައިކަމުން ސަލާމަތް ނުވެވިގެން އުޅޭ މީހެކެވެ. ވިސްނާށެވެ! ކޮންމެ މީހަކުވެސް ނުބައި ޢަމަލުތައް ކުރަނީ އަދި ނުބައި ގޮތްގޮތަށް އުޅެނީ އެމީހަކު އަމިއްލައަށެވެ. އެފަދަ މީހަކަށް ވެވެނީ އެމީހާގެ އަމިއްލަ ނަފުސުގެ ނުބައިކަމުން އެމީހަކަށް ސަލާމަތް ނުވެވޭތީއެވެ. 

ވީމާ މިބާވަތުގެ ނުބައި ސިފަތަކުން ތިމާގެ ނަފްސް ސަލާމަތްކުރަން ކޮންމެ މީހަކުވެސް މަސައްކަތްކުރަންވާނެއެވެ. އެކަމަށް އެދިގެން ދުޢާކުރަންވެސް ވާނެއެވެ. 

"މިއަޅާގެ ނަފްސުގެ ނުބައިކަމުން މިއަޅާއަށް ސަލާމަތްކަން ދެއްވަވާނދޭވެ!" 

މިފަދަ ދުޢާތައްކުރަންވާނެވެ. އެކަމުގައި ކަންނެތްވެގެން ނުވާނެއެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން