އޮސްޓްރޭލިއާ އެވޯޑްސް ސްކޮލާޝިޕް ޕްރޮގްރާމްގެ ދަށުން މާސްޓަރސްއަށް ކިޔެވުމުގެ ފުރުސަތު 20 ދަރިވަރަކަށް ދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
އޮސްޓްރޭލިއާ އެވޯޑްސް ސްކޮލާޝިޕް ޕްރޮގްރާމްގެ ދަށުން މާސްޓަރސްއަށް ކިޔެވުމުގެ ފުރުސަތު 20 ދަރިވަރަކަށް ދީފި

އޮސްޓްރޭލިއާ އެވޯޑްސް ސްކޮލާޝިޕް ޕްރޮގްރާމްގެ ދަށުން، ދިވެހި 20 ދަރިވަރަކަށް އޮސްޓްރޭލިއާގެ ޔުނިވަރސިޓީތަކުގައި މާސްޓަރސް ހާސިލުކުރުމުގެ ފުރުސަތު ދީފިއެވެ.

މި ސްކޮލާޝިޕްތަކަކީ ދިވެހި ދަރިވަރުންގެ ތަޢުލީމީ ފެންވަރު މަތިކުރުމަށް އޮސްޓްރޭލިއާ ސަރުކާރުން ދޭ އެހީތެރިކަމެކެވެ. މި ސްކޮލާޝިޕް ލިބުނު ދަރިވަރުންގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުއެވެ.

މި ސްކޮލާޝިޕް ލިބުނު 20 ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ އިޖްތިމާޢީ އަދި އާޢިލީ ތަރައްޤީއާ ބެހޭ ވަޒީރު އަދި އޮސްޓްރޭލިއާގެ އެލަމްނަސް ޑރ. ޢާއިޝަތު ޝިހާމެވެ. މި ސްކޮލާޝިޕްތައް ދިނުމުގެ މަޤްސަދަކީ ދިވެހިރާއްޖޭގެ ތަރައްޤީއަށް އެހީތެރިވެދިނުމަށް ޤާބިލު ދިވެހި ޒުވާނުން ބިނާކުރުމެވެ.

އޮސްޓްރޭލިއާ ހައިކޮމިޝަނުން ހާމަކުރެއްވި ގޮތުގައި، މި ސްކޮލާޝިޕް ލިބުނު ދަރިވަރުންނަށް ތަފާތު އެކި މުހިންމު ދާއިރާތަކުން މާސްޓަރސްއަށް ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެގޮތުން، ރާއްޖޭގެ ތަރައްޤީއަށް މުހިންމު ދާއިރާތައް ކަމަށްވާ ފައިނޭންސް އެންޑް އިކޮނޮމިކްސް، ސޯޝަލް ވޯކް، ޤާނޫނު އަދި ސައިބަރ ސެކިއުރިޓީ، ޕޮލިސީ އެންޑް ޑިވެލޮޕްމެންޓް ސްޓަޑީޒް، އަދި އޯޝަނޯގްރަފީ ފަދަ ދާއިރާތައް ހިމެނެއެވެ. މި ދާއިރާތަކުން ކިޔެވުމުގެ ފުރުސަތު ދިނުމަކީ ޤައުމީ ތަރައްޤީއަށް ބޭނުންވާ މާހިރުން އުފެއްދުމަށް ދެވޭ އިސްކަމެއްކަން ހައި ކޮމިޝަނުން ފާހަގަކުރެއްވިއެވެ.

މި ޕްރޮގްރާމްގެ ދަށުން ސްކޮލާޝިޕް ލިބުނު ދަރިވަރުންނަކީ، އޮސްޓްރޭލިއާގެ ތަޢުލީމީ މާހައުލުގައި ކިޔަވައި، އެ ޤައުމުގެ ތަޖުރިބާ ހޯދައި، ރާއްޖެއަށް އެނބުރި އައިސް ޤައުމީ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށް އުއްމީދުކުރެވޭ ބައެކެވެ.

މިއަދު އޮންލައިން