ބައެއް ފާފަތަކަކީ ތައުބާވިޔަސް އެކަންކުރެވުނު ކަމުގެ ހިތާމަ ގިނަ ދުވަހަށް ދެމިގެންދާ ފާފަތަކެއް!: ޝައިޚް އާސިމް އަލް ޙަކީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ބައެއް ފާފަތަކަކީ ތައުބާވިޔަސް އެކަންކުރެވުނު ކަމުގެ ހިތާމަ ގިނަ ދުވަހަށް ދެމިގެންދާ ފާފަތަކެއް!: ޝައިޚް އާސިމް އަލް ޙަކީމް

ޢާއިޝަތު ރަފާޙް ޢަލީ

 

ޝައިޚް: "އަޅުގަނޑު ބައެއް ފާފަތަކުގައި ޖެހިފައިވާތީ ވަރަށް ހިތާމަކުރަން. ވޭތުވެދިޔަ ކަންތައްތަކަށް ވިސްނާއިރު، އަޅުގަނޑު އެދެނީ އެ ވަގުތު އަނބުރާ ގޮސް އަމިއްލައަށް އެކަން ހުއްޓުވުމުގެ ފުރުޞަތު ލިބުނުނަމައޭ. އަލްޙަމްދުލިﷲ، މިހާރު އަޅުގަނޑު ތައުބާވެ، އެފަދަ ފާފަތައް ދެން ދުވަހަކުވެސް ތަކުރާރު ނުކުރުމުގެ ވަރުގަދަ ނިޔަތް ގަނެފައިވާނެ. ނަމަވެސް، އަޅުގަނޑުގެ ހިތުގައި އަދިވެސް ބޮޑު ކުށްވެރިވުމުގެ އިޙްސާސް އެބައޮތް. މި އިޙްސާސްތަކުން އަރައިގަތުމަށް ދަތިވެފައިވާތީ، ކުރިއަށް ދިއުމަށް ނަސޭހަތްތެރިވެދެއްވުން އެދެން."

ޖަވާބު:  

"އަޚީ، ކުށްވެރިވުމުގެ އިހުސާސަކީ ތިބާގެ ތައުބާގެ މުހިންމު ބައެކެވެ.

އެއްވެސް މީހަކު ޒިނޭގައި، ބަނގުރާ ނުވަތަ މަސްތުވާތަކެތި ބޭނުންކުރުމުގައި، ނުވަތަ ފައިސާ ވަގަށް ނެގުމުގައި ޖެހި، ދެން އޭނާ ﷲއަށް ތައުބާވުމަށްފަހު ފަސް ހަ މަހުގެ ތެރޭގައި އެކަމާމެދު ހިތްހަމަޖެހޭ ގޮތަކަށް ނުވާނެއެވެ. އެއްވެސް ކުށްވެރިވުމުގެ އިހުސާސެއް ނުވަތަ ހިތާމައެއް ނެތުމަކީ ޙަޤީޤަތެއް ނޫނެވެ. މިކަން ތިބާއާއެކު ތިބާ މަރުވާ ދުވަހާ ހަމައަށް ދެމިއޮންނާނެއެވެ. 

އެހެންނަމަވެސް، ދެ ބާވަތެއްގެ ހިތާމައާއި ދެރަވުން އެބަހުއްޓެވެ.  

އެއްބާވަތަކީ ތިބާ ނުކުޅެދުންތެރިކޮށް، ތިބާގެ ހިތްވަރު ދޫކޮށްލުމަށް މަޖުބޫރުކުރުވާ ބާވަތެވެ. މިހާލަތުގައި ތިބާ ﷲގެ ކިބައިން ފާފަފުއްސެވުމަށް އެދުން ދޫކޮށްލައި، ހެޔޮ ޢަމަލުތައް ކުރުން ހުއްޓާލައެވެ. މިއީ ނޭދެވޭ ބާވަތެކެވެ، އަދި މިއީ ތިބާ ނަރަކައަށް ގެންދާނެ ބާވަތެވެ. 

އަނެއްބާވަތަކީ އެދެވޭ ދެރަވުމާއި ހިތާމަކުރުމެވެ. މިއީ ތިބާ ދުވަހަކުވެސް އަލުން ފާފަ ނުކުރުމަށް ބާރުއަޅައި، ޙަރަކާތްތެރިކޮށް، ހެޔޮ ޢަމަލުތައް އިތުރުކުރުމަށް، އިތުރަށް ޤުރުއާން ކިޔެވުމަށް، އިތުރަށް ޢަމަލުކުރުމަށް، އިތުރަށް ޞަދަޤާތްކުރުމަށް، މައިންބަފައިން އިތުރަށް އުފާކުރުވުމަށް، އަވަށްޓެރިންނަށް އިތުރަށް އޯގާތެރިވުމަށް ﷲއާ ގާތްވުމުގެ ނިޔަތުގައި މަސައްކަތްކުރުވާ ބާވަތެވެ. މިއީ އެދެވޭ ބާވަތެކެވެ، އަދި މިއީ ހަމައެކަނި ސުވަރުގޭގެ އެންމެ މަތީ ދަރަޖައިގައި ނިމިގެންދާނެ ބާވަތެވެ. 

އަހަރެންނާއި ތިބާއާއި އަޅުގަނޑުމެން ސުވަރުގޭގެ އެންމެ މަތީ ދަރަޖަތަކުގައި ރަސޫލު ގެ އަވަށްޓެރިންގެ ގޮތުގައި ހިމަނުއްވާށިއެވެ."

މިއަދު އޮންލައިން