ކަށުނަމާދުގައި ބައިވެރިވާ މީހުން ސަމާލުކަންދޭންޖެހޭ ބައެއް ކަންކަން-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ކަށުނަމާދުގައި ބައިވެރިވާ މީހުން ސަމާލުކަންދޭންޖެހޭ ބައެއް ކަންކަން-!

މައްޔިތަކު ގެންދެވޭތަން ފެނިއްޖެނަމަ އޮތީ ފަހަތުން ގޮސް ޖަނާޒާގައި ބައިވެރިވުމެވެ. ފަހަތުން ދެވެން ނެތްނަމަ އޮތީ ފަސްދީ ގެންދަންދެން ކޮޅަށްހުރުމެވެ. ވީމާ މައްޔިތާގެ ސަންދޯއް މިސްކިތަށް ވެއްދޭވަގުތު އެންމެން ތެދުވަންވާނެއެވެ. އިށީންނަންވާނީ ސަންދޯއް ތަނެއްގައި ބެހެއްޓުމުންނެވެ. (ޞަޙީޙް މުސްލިމް: 1590 ބައްލަވާ)  

ވީމާ މައްޔިތާ ވަޅުލަން ގެންދެވޭއިރު ސަންދޯކަށްވުރެ ކުރީގައި ތިބެގެން ކުރިއަށްދިއުމެއް ވެސް ނެތެވެ. ދާންވާނީ ފަހަތުންނެވެ.

"ތިއަބައިމީހުންނަށް ޖަނާޒާއެއް ގެންދާތަން ފެންނަހިނދުން ތެދުވެތިބޭށެވެ! އަދި މައްޔިތާއާއިއެކު ދާމީހުންވެސް އޭނާ ތަނެއްގައި ނުބާއްވަނީސް ނުއިށީންނާށެވެ!" (ޙަދީޘް) (ޞަހީޙް މުސްލިމް: 1592) 

މިޙަދީޘްފުޅަށް ޢަމަލު ނުކުރާ ބައަކު އުޅެއެވެ. ސަންދޯއް ވައްދާތަން ފެނުމުންވެސް އިމާމް މީހާ ނަމާދަށް ގޮވާލަންދެން އިށީނދެތިބެއެވެ. އެކަން އެކުރަނީ މި ޙަދީޘްފުޅު ނުއެނގޭތީކަމަށްވެދާނެއެވެ.  

ސަންދޯއް ވެއްދޭއިރު ޛިކުރްކުރުން ނުނިމޭނަމަ ކޮޅަށްހުރެގެންވެސް ކިޔުމަކީ މައްސަލައެއް ނޫނެވެ. ކޮންމެ ސުންނަތަކަށް ޢަމަލުކުރުމަކީވެސް ޘަވާބް ދެއްވަވާނެ ކަމެކެވެ.  

ސަންދޯއް ގެންގޮސް ބެހެއްޓުމުން ކަށުނަމާދުކުރަން ފެށުމާއިދެމެދު ގިނަ ވަޤުތުތަކެއް ހޭދަވާނަމަ އީށީނުމަކީ މައްސަލައެއް ނޫންކަންވެސް ޙަދީޘްފުޅުން އެނގިގެންދެއެވެ. ވަޤުތުން ނަމާދަށް ފަށާނަމަ ކޮޅަށް މަޑުކޮށްލާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން