ފުރާނަ ހިއްޕަވަން ވަޑައިގަންނަވާ މަލާއިކަތުން ފެނުމުން ކަންބޮޑުނުވެ ޝަހާދަތް ކިޔައިލެވޭނެ މީހުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
ފުރާނަ ހިއްޕަވަން ވަޑައިގަންނަވާ މަލާއިކަތުން ފެނުމުން ކަންބޮޑުނުވެ ޝަހާދަތް ކިޔައިލެވޭނެ މީހުން-

އެހެން މީހުން މަރުވާގޮތުގެ ވާހަކަ ވަރަށް ގިނައިން ދައްކަމުއެވެ. ނަމަވެސް ތިމާ މަރުވާނެ ގޮތަކާއިމެދު ކަންބޮޑުވެވެނީ ވަރަށް މަދު މީހަކަށެވެ. އެކަމުން އެނގެނީ މަރަށް ތައްޔާރުވުމުގައި ގިނަ ބައަކު ފޭލްވެގެން ތިބިކަމެވެ.   

ކޮންމެ މީހަކީވެސް މަރުވުމަށް ބިރުގަންނާނެ މީހެކެވެ. ދުނިޔޭގައި އުޅެމުންދާއިއރު ބިރު ނުގަތަސް ފުރާނަ ހިއްޕަވާ މަލާއިކަތުން ފުރާނަ ހިއްޕަވަން ވަޑައިގަންނަވާތަން ފެނުމުން ކޮންމެ މީހަކުވެސް ބިރުން އަވަދިވާނެއެވެ.  

އެހެންކަމުން އަހަރެމެންގެ ތެރެއިން އެންމެ ގިނަ ބައަކީ އެމީހުން މަރުވެދާނެކަމާއިމެދު ކަންބޮޑުވާ މީހުންނެވެ. އެފަދަ މީހުން ވިސްނައިލަންވީ މި ޙަދީޘްފުޅަށެވެ.   

Ibn Abbas reported: The Prophet, peace and blessings be upon him, said, “Verily, the believer is in good shape in every situation. He praises Allah Almighty even while his soul is taken out of his body.”

Source: Musnad Aḥmad 2475

Grade: Sahih (authentic) according to Ahmad Shakir  

މިޙަދީޘްފުޅުން އެނގިގެންދަނީ މުސްލިމުންނަކީ ކޮންމެ ޙާލަތެއް ކުރިމަތިވިނަމަވެސް ކަންބޮޑުވެ ތެޅިފޮޅޭނެ ބައެއް ނޫންކަމެވެ. ﷲ ތަޢާލާ މިންވަރު ކުރެއްވެވި ޙާލަތަށް ރުހި ކެތްތެރިކަމުގައި ސާބިތުވެ ތިބޭނެ ބައެއް ކަމެވެ. ފުރާނަ ހިއްޕަވާ ވަޤުތުގައިވެސްމެއެވެ.   

އުފާވެރިކަން މިންވަރުކުރައްވަވަނީވެސް ހިތްދަތި ޙާލަތު މިންވަރުކުރައްވަވަނީވެސް ހަމަ ﷲ ތަޢާލާއެވެ. ދުނިޔެއަށް ފޮނުއްވެވީވެސް ހަމަ ﷲ ތަޢާލާއެވެ. އަހަރެމެން މިތިބީ ﷲ ތަޢާލާ މިންވަރުކުރެއްވެވި ކަމެއް މެނުވީ މެދުވެރިނުވާނެކަން ޔަޤީންކޮށްގެންނެވެ.  

ޙަދީޘްފުޅުގައި އެވަނީ މީހާގެ ފުރާނަ ހިއްޕަވާ ވަގުތުގައިވެސް މުސްލިމުން ތިބޭނީ ރުހިގެން ކަމަށެވެ. އެހެން ނުވާންވީ ކީއްވެގެންހެއްޔެވެ؟ މިދުނިޔޭގައި ހުރެވޭނީ ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ މުއްދަތަށް ކަމާއި އެމުއްދަތު ހަމަވުމުން އެކަލާނގެ ޙަޟްރަތަށް އެނބުރި ދާންޖެހޭނެކަން މިތިބީ ޤަބޫލުކޮށްގެންނެވެ. ފުރާނަ ހިއްޕަވަން ވަޑައިގަންނަވާ މަލާއިކަތުން ފެނުމުން ކަންބޮޑުނުވެ ޝަހާދައތް ކިޔައިލެވޭނެ މީހުންނަކީ އެއީއެވެ.    

މިވާހަކަތައް ބަޔާންކުރުމުގެ ބޭނުމަކީ ދިރިއުޅުމުގައި ކުރިމަތިވާ ކަންކަމަށް ކަންބޮޑުނުވެ ﷲ ތަޢާލާއަށް ޝުކުރުކުރަން ވަޞިއްޔަތްކުރުމެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިވެ ކޮންމެ ދުވަހަކުވެސް ވީހައި ގިނައިން އަޅުކަންކުރުންމަތީގައި ސާބިތުވުމަށް ވަޞިއްޔަތްކުރުމެވެ. ފުރާނަ ހިއްޕަވާ ވަގުތު އެކަމަސް ރުހި ޤަބޫލުވެވޭނީ އެއިރުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން