އެކުވެރިންގެ ތެރޭގައި ޝައިޠޯނުން ގެންގުޅެވޭނަމަ ނަރަކައަށް ވަންނަން ޖެހުން ބޮޑުތަނުން ގާތްވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
އެކުވެރިންގެ ތެރޭގައި ޝައިޠޯނުން ގެންގުޅެވޭނަމަ ނަރަކައަށް ވަންނަން ޖެހުން ބޮޑުތަނުން ގާތްވާނެ!

މީސްތަކުންނޭވެ! އަހުރެމެން ސުވަރުގެއާއި ދުރުކުރަން މަސައްކަތްކުރާ ކޮންމެ މީހަކީ އިންސާނެއްގެ ސިފައިގައި އޭނާ ހުރިނަމަވެސް ޝައިޠާނާގެ ބައިވެރިއެކެވެ. ޝައިޠޯނާގެ ބައިވެރިންނަކީ ހަމަ ޝައިޠޯނުންނެވެ.

ވީމާ އަހުރެމެން ސުވަރުގެއާއި ދުރުކޮށް ނަރަކައަށް ވެއްދުވޭތޯ އެމީހުން ކިޔާ އެއްޗެއް ކިޔާނެއެވެ. ކުރާ ކަމެއްވެސް ކުރާނެއެވެ. އެއީ ދުނިޔެ ފެށުނީންސުރެ އެކަން ހިނގަމުން އަންނަ ގޮތެވެ. މުއުމިނުންނަކީ އެއްވެސް ޒަމާނެއްގައި ޝައިޠާނާއަށް އަމާން ދިން ބައެއް ނޫނެވެ! އަމާން ދޭނެވެސް ބައެއް ނޫނެވެ. ހަމައެއާއިއެކު އެކުވެރިންގެ ތެރޭގައި ޝައިޠޯނުން ތިބުމަކީ އެމީހަކަށް ނަރަކައަށް ވަންނަން ޖެހުން ބޮޑުތަނުން ގާތްވެގެންދާނެ ސަބަބެކެވެ.

ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އީމާންވެ އިސްލާމް ދީނަށް ޢަމަލުކުރާ އެއްވެސް މީހަކީ މިދުނިޔެއިން މާގިނަ ކަންތައްތަކެއް ބޭނުންވެގެން އުޅޭ މީހެއް ނޫނެވެ. ދުނިޔޭގެ ޒީނަތްތެރިކަން ނުލިބިގެން ކަންބޮޑުވާނެ މީހެއްވެސް ނޫނެވެ. އެމީހުންގެ ހުރިހާ ވެސް އުންމީދަކަށްވާނީ ސުވަރުގެއެވެ. މަރުވުމުން ކައްވަޅަކީ ސުވަރުގޭގެ ބަގީޗާއަކަށްވުމާއި ޤިޔާމަތް ދުވަހު ސުވަރުގެ ލިބުމެވެ.

"މުއްމިން ފިރިހެނުންނާއި، މުއްމިން އަންހެނުންނަށް، ﷲ ވަޢްދު ކުރައްވަވާފައިވަނީ އެތާނގެ ދަށުން ކޯރުތައް ހިނގައިހިނގާ ހުންނަ ސުވަރުގެތަކެވެ. އެތަންތަނުގައި، އެއުރެން ދެމިތިބޭ ގޮތުގައެވެ. އަދި عدن އެވެ ކިއުނު ސުވަރުގެތަކުގައި ތިބޭނޭ ރަނގަޅު ގޮވަތިގެދޮރުވެސް މެއެވެ. އަދި ﷲ ގެ ޙަޟްރަތުން ލިބޭ ރުއްސެވުން މާބޮޑެވެ. ބޮޑުވެގެންވާ ނަޞީބު ލިބުމަކީ ހަމަ އެއީއެވެ." (ތައުބާ: 72)

ޝައިޠާނާ އަކީ ފެށުނީންސުރެ މީސްތަކުންގެ އެންމެ ބޮޑު ހަސަދަވެރިޔާއެވެ. ދުޝްމިނެވެ. އޭތީގެ ކިބުރުވެރިކަމާއި ބޮޑާކަން ހައްދުފަހަނައަޅައި ދިއުމުން ސުވަރުގެއިން ބޭރުކޮށްލެއްވެވީތީއެވެ. އަދި އެ ސުވަރުގެއަށް މުއުމިނުން ވަންނާނެތީއެވެ. މީސްތަކުން ނަރަކައަށް ވައްދަން ޝައިޠޯނާ އެވަރަށް މަސައްކަތްކުރާ ސަބަބަކީ މިބުނި ސަބަބެވެ.

ވީމާ އަހުރެމެންނަށް އޮތީ ޝައިޠޯނާގެ ވަސްވާސްތަކަށް ނުހެއްލި ސުވަރުގޭގެ މަތިވެރި ނިޢުމްތައް ލިބިގަންނަން ގަދައަޅައި މަސައްކަތްކުރުމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން