ބައިވެރިޔާ ޖަހައިގަތުމަކީ އުފާކުރަންޖެހޭނެ ކަމެއް! ބަދުދުޢާކުރުމަކީ އެއަށްވުރެ މާނުބައި ކަމެއް ތިމާއަށް ކުރިމަތިވެދާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ބައިވެރިޔާ ޖަހައިގަތުމަކީ އުފާކުރަންޖެހޭނެ ކަމެއް! ބަދުދުޢާކުރުމަކީ އެއަށްވުރެ މާނުބައި ކަމެއް ތިމާއަށް ކުރިމަތިވެދާނެ ކަމެއް!

އަޅުގަނޑުގެ އަނބިމީހާ ޖަހައިގެންފިއެވެ. އެވަރު ބޮޑު ދެރައެއް ދިނީމާ ބަދުދުޢާކުރަން ހުއްދަވާނެތޯ؟ 

ޖަވާބުގައި އަހައިލަން ބޭނުންވަނީ އެއީ ލިބުނު ދެރައެއްކަން އެނގެނީ ކިހިނަކުން ހެއްޔެވެ؟ އެއީ އޭނާއަށްވުރެ މާރަނގަޅު އަންތބަކު ދެއްވަވަންވެގެން މެދުވެރިކުރެއްވެވި ކަމެއް ކަމަށް ނުވިސްނީ ކީއްވެގެންހެއްޔެވެ؟ ނުވަތަ އޭނާ ތިބާއާއިއެކުގައި ހުރުމުން ލިބެން އޮތް ބޮޑު ދެރައަކުން ސަލާމަތްކުރެއްވެވީ ނޫންކަން އެނގުނީ ކިހިނަކުން ހެއްޔެވެ؟ 

ދެން ވިސްނާށެވެ! ޖަހައިގަނެވޭނީ ހަރުދަނާ ކަމެއް ނެތުމުންނެވެ. ނުވަތަ އޭނާ ތިބާއާއިއެކު އުޅެން ބޭނުން ނުވީމައެވެ. ވީމާ އެފަދަ މީހަކު ވަކިވެގެން ދިއުމަކީ ކަންބޮޑުނުވެ އުފާކުރަންޖެހޭނެ ކަމެކެވެ. 

ބަދުދުޢާކުރުމާއިބެހޭގޮތުން ތިރީގައިވާ ލިޔުމުން ޖަވާބުލިބިލައްވާނެއެވެ. އިން ޝާ ﷲ 

މީހަކު ތިމާ ނުރުހޭ ކިތަންމެ ކުޑަ ކަމެއް ކުރިނަމަވެސް ބަދުދުޢާކުރަން އަވަސްވެގަންނަ މީހުން އެބައުޅެއެވެ. މިކުރެވެނީ އެކަމުގެ ސަބަބުން ތިމާއަށް ކިހައި ބޮޑު ގެއްލުމެއް ލިބެން އޮތްކަމެއްކަމާއިމެދު އެމީހުން ވިސްނައިވެސް ނުލައެވެ. 

މީހަކަށް ނަމަވެސް އެއްޗަކަށް ނަމަވެސް ބަދު ދުޢާކޮށްފިނަމަ ދެން ވާގޮތް އެނގޭހެއްޔެވެ؟ 

އެދުޢާ އުޑާއިހަމައަށް ފޯރައެވެ. ނަމަވެސް އެދުޢާއަކަށް މައްޗަކަށް ނުދެވޭނެއެވެ. ދޮރުކޮޅުތައް ބަންދުވާނެއެވެ. ދެން އެދުޢާ އެނބުރި ބިމަށް އަންނާނެއެވެ. ނަމަވެސް ބިމުގެ ދޮރުތައްވެސް ބަންދުވާނެއެވެ. ނުވައްދާނެއެވެ. 

ދެން އެދުޢާ އެނބުރޭނީއެވެ. އެނބުރެމުން ގޮސް އެދުޢާކުރެވުނު މީހާ އާއި ބައްދަލުކުރާނެއެވެ. އެމީހާއަކީ އެފަދަ ދުޢާއެއް ޙައްޤު މީހަކުކަމުގައި ނުވާނަމަ އެނބުރެމުން އައިސް ދުޢާކުރި މީހާއާއި ބައްދަލުކުރާނެއެވެ! 

ވީމާ އެއްވެސް މީހަކަށް ބައަކަށް ނުވަތަ އެއްޗަކަށް ނަމަވެސް ލަޢްނަތް ލެއްވެވުން އެދި ދުޢާނުކުރާށެވެ! ދުޢާކުރީމާ އެކަން އެނބުރި އައިސް ތިބާއަށް ޖެހިދާނެކަމަށް ބިރުވެތިވާށެވެ! 

ބަދުދުޢާކުރުން މިކިޔަނީ ލަޢްނަތް ލެއްވެވުން އެދި ދުޢާކުރުމަށެވެ. އެއީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. ނުބައި މީހަކަށް އެފަދަ ދުޢާއެއް ކުރެވިއްޖެނަމަ އެކަން އެނބުރި އެމީހަކަށް އަންނާނެ ކަމަށްޓަކައެވެ. 

މީހަކު ތިބާއަށް އަނިޔާވެރިވާނަމަވެސް އެމީހަކަށްޓަކައި ހެޔޮ ދުޢާކުރާށެވެ! އަދި އޭނާގެ ކިބައިން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރާށެވެ! އަނިޔާވެރިވާ މީހާއަށްވެސް ބަދުދުޢާ ކުރުމެއް ނެތެވެ.

 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން 

މިއަދު އޮންލައިން