މުސްލިމުން ދުނިޔޭގަ ތިބިހާދުވަހަކު ތިބާއަށް ޘަވާބު އިތުރުވަމުންދާނެ ޢަމަލު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
މުސްލިމުން ދުނިޔޭގަ ތިބިހާދުވަހަކު ތިބާއަށް ޘަވާބު އިތުރުވަމުންދާނެ ޢަމަލު-

ކޮންމެ މުސްލިމަކަށްވެސް ހެޔޮ ޢަމަލުތައް ކުރަން އެނގޭނެކަމަށް ބުނެ ނިންމައިނުލާށެވެ! ސަމާލުކަން ނުދެވޭތީ ނަމަވެސް ގިނަ ބައަކަށް ނުއެނގޭ ވަރަށް ގިނަ ކަންކަން ހުންނާނެއެވެ. ވީމާ ބައްދަލުވެއުޅޭއިރު ދައްކާ ވާހަކައިގެ ތެރެއިން ކަންކަން އޮޅުން ފިލުވާށެވެ! 

މިޘާލަކަށް ބުނާނަމަ ޟުޙާނަމާދުގެ ވާހަކަ ހުރިހާ މުސްލިމުންވެސް އަޑުއަހާނެއެވެ. ނަމަވެސް އެއީ އެންމެންނަށް ޟުޙާ ނަމާދުކުރާނެ ގޮތް އެނގުމެއް ނޫނެވެ. ނުއެނގޭ އެތައް ބައަކު ތިބޭނެއެވެ. ނުއެނގޭ މީހަކު ފާހަގަކުރުމުން ބުނެދޭށެވެ. 

އެއިރުން ޢޭނާ އެކަންކުރުމުން ތިބާއަށް ޘަވާބުދެއްވަވާނެތެވެ. އޭނާގެ ކިބައިން އެކަން ދަސްވާ މީހުން ކުރުމުންވެސް ތިބާއަށް ޘަވާބު ދެއްވަވާނެތެވެ. ދުނިޔެ ދެމިއޮތްހައި ދުވަހަކަށް އެކަން ދެމިގެންދާނެއެވެ. ތިބާ ކައްވަޅުގައި އޮންނަތާ އެތައް ސަތާކައަހަރެއްވާއިރުވެސް ތިބާއަށް ދާނީ ޘަވާބު އިތުރުވަމުންނެވެ. އިން ޝާ ﷲ 

ހަމަ އެގޮތަށް އަނެކާއަށް ނުއެނގޭ ޛިކުރުތައްވެސް ހުންނާނެއެވެ. ދަސްކޮށްދޭށެވެ. ހަަމަ މިބުނިމަގުން ޘަވާބު އިތުރުވަމުންދާނެއެވެ. 

މިއީ ހަމައެކަނި އަހުރެން ބުނެލާ ވާހަކައެއް ނޫނެވެ. ޞަޙާބީންވެސް ކުރެއްވެވި ކަމެކެވެ. އެއްބޭކަލަކަށް އެނގިލައްވާ ކަންކަން އެހެން ބޭކަލުންނަށް ދަސްކޮށްދެއްވެވެވިއެވެ. އެކަންކަން މިއަދާއި ހަމައަށް އައިއިރުގައާއި އަދި ދުނިޔެ ނިމެންދެން ފެތުރެމުންދާނެއިރު އެބޭކަލުންނަށް ލިބިލައްވަވާނެ ޘަވާބުގެ މިންވަރާއިމެދު ވިސްނައިލިޔަސް ޙައިރާންވެ އަންތަރީސް ނުވާނީ ކާކުހެއްޔެވެ؟ 

ވީމާ އަހުރެންގެ އިލްތިމާސަކީ ތިމާއަކީ ބޮޑު ޢިލްމްވެރިއަކަށް ނުވިޔަސް ތިމާއަށް އެނގޭ މިންވަރުން ހެޔޮކަންކަން އެހެން މީހުންނަށް ދަސްކޮށްދޭށެވެ. އެކަމުގެ ފައިދާ އެމީހަކަށް މިބުނިމަގުން ކުރާނެއެވެ. އިން ޝާ ﷲ

 

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން