ކޮވިޑުގެ ދަތި ދުވަސްވަރު އޭނާގެ ޕެންސަނަށް ލިބުނު ފައިޞާއިން ޞަދަޤާތްކުރި މީހެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ކޮވިޑުގެ ދަތި ދުވަސްވަރު އޭނާގެ ޕެންސަނަށް ލިބުނު ފައިޞާއިން ޞަދަޤާތްކުރި މީހެއްގެ ވާހަކަ-

ކޮވިޑުގެ ދުވަސްވަރަށް ބަލައިފިނަމަ އެއީ ފަހުގެ ތާރީޚުގައި މުޅި ދުނިޔެއަށްވެސް ކުރިމަތިވި އެންމެ ދަތިޙާލު ކުރިމަތިވި ދުވަސްވަރެވެ. މުސާރަވެރިންނަށް މުސާރަ ނުލިބި އެތައް ދުވަހެއް ފާއިއތުވެގެންދިއައެވެ. ލިބެމުން އައި މުސާރަ ބޮޑުތަނުން ކުޑަވެގެންވެސް ދިއައެވެ. ތަނަވަސް މީހުންނަށް ލިބެމުން އައި އާމްދަނީ ލިބުން ހުއްޓުނެވެ. އަނެއް ބައަކަށް ބޮޑުތަނުން މަދުވެގެންދިއައެވެ. ވީމާ ޖުމުލަކޮށްލާފައި ބުނާނަމަ ދަތިކަން ކުރިމަތިނުވާ އެކަކުވެސް ނެތެވެ.  

އެޙާލަތުގައިވެސް އަހުރެން ދަންނަ މީހަކު ކަންތައް ކުރީ އެންމެ ފައިދާހުރި ގޮތަށެވެ. އޭނާއަކީ ތަނަވަސް މީހެއްވެސް ނޫނެވެ. އެހެންކަމާއިއެކުވެސް އޭނާގެ ޕެންޝަނަށް މަހަކު ޖަމާވާ މަދު ފައިސާކޮޅުން ބައެއް ޞަދަޤާރތްކުރިއެވެ. އެއްވެސް ނުލިބޭ މީހުންނަށް އެކަންވީ ވަރަށް ބޮޑު ރަޙްމަތަކަށެވެ. 

އަހުރެން ބުނާނީ އެދުވަހު އޭނާއެކުރި ޞަދަޤާތަކީ އެންމެ މަތިވެރި ޞަދަޤާތްކަމަށެވެ. ތިމާވެސް ދަތިޙާލުގައި ހުރެ ޞަދަޤާތްކުރުމުގެ އިތުރުން އެއްވެސް ގޮތެއް ނެތިފައި ތިބިބައަކަށް އެހީތެރިވީތީއެވެ. މާތް ﷲ އޭނާއަށް ދެއްވަވާނެ ޘަވާބުގެ މިންވަރު ވޒަންވެސް ނުކުރެވޭނެއެވެ.  

ވިސްނައިލާށެވެ! ފުރަތަމަ ކަމަކަށް އަހުރެމެން ކޮންމެ މީހަކީވެސް މަރުވާނެ މީހެއްކަމާއި މަރުވީމާ ތިމާއާއިމެދު ދުނިޔޭގައި ކަންކަން ވެގެންދާނެ ގޮތާއިމެދު ހިނދުކޮޅަކަށް ނަމަވެސް ފިކުރު ހިންގާލަމާ ހިނގާށެވެ!  

މަރުވާ ވަޤުތު ޢާއިލާގެ މީހުންނާއި އެކުވެރިން އަދި ހެޔޮއެދޭ މީހުން ދެރަވާނެއެވެ. ހިނަވައި ކަފުންކޮށް ވަޅުލާނެއެވެ. ވަޅުލުމަށްފަހު އެނބުރިގެއަށްދާނެއެވެ. ދެން ދުވަހެއް ދުވަހަކަށް ދާނީ ހަނދާން ނެތެމުންނެވެ. ކާފަދަރިން މަރުވާ ހިސާބުން ހަނދާންކުރާނެ އެކަކުވެސް ނުހުންނާއެވެ. އެންމެ ކުޑަމިނުން ހެޔޮދުޢާއެއް ކޮށްލާނެ މީހަކުވެސް ނުހުންނާނެއެވެ.  

ލިބިގަންނަން ޖެހޭ ފިލާވަޅަކީ ދުނިޔޭގައި ބޮޑެތި ގެތައް އަޅައި އެކައުންޓަށް ވީހާގިނަ ފައިސާ ޖަމާކުރަން މަސައްކަތްކުރުމަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތްކަމެވެ. ދުނިޔޭގައި ހުރިހާ ދުވަހަކު ޢާއިލާގެ މީހުންނަށް އެހީތެރިވާށެވެ! ހެޔޮކޮށް ކަންކަން ކުރާށެވެ! ނަމަވެސް ބޮޑަށް މަސައްކަތްކުރަންވީ ކައްވަޅަށްދާން ތައްޔާރުވުމަށެވެ. ވީހައި ގިނަ ހެޔޮ ޢަމަލުތައް ހިފައިގެން ކައްވަޅަށް ދިއުމަށެވެ.  

އެމީހަކު ކުޅަ ހެޔޮ ޢަމަލުތައް އެމީހަކާއިއެކުގައިވާނެއެވެ. ވަކިވެގެނެއް ނުދާނެއެވެ. ކައްވަޅުގައި ހިތްހަމަޖެހުން ހޯދައިދޭނެއެވެ. ޤިޔާމަތް ދުވަހު ސުވަރުގެ ވައްދަވާނެ ބާރަކީ އެމީހާ ކުޅަ ހެޔޮ ޢަމަލުތަކެވެ. ހެޔޮ ޢަމަލުތަކުގެ ސަބަބުން ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމެވެ.  

ޚުލާޞާއަކީ ދުނިޔޭގައި ތިބެގެން ބައްދަންވީ ދުނިޔެއަކާއިއެއް ނޫނެވެ. ބައްދަން މަސައްކަތްކުރަންވީ އާޚިރަތް ދުވަހާއިއެވެ. ސުވަރުގެ ލިބުން އޮތީ އެއިރުންނެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން