މައިންނަށް ޚިދުމްތަކުރުމުގަ އިޚްލާޞްތެރިނުވާ ދަރިންނަށް އޮތީ ﷲ ތަޢާލާގެ ވަރަށް ވަރުގަދަ އިންޒާރެއް! އަވަހަށް ބިރުވެތިވޭ!: ޑރ. ޔާސިރު ޤާޟީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
މައިންނަށް ޚިދުމްތަކުރުމުގަ އިޚްލާޞްތެރިނުވާ ދަރިންނަށް އޮތީ ﷲ ތަޢާލާގެ ވަރަށް ވަރުގަދަ އިންޒާރެއް! އަވަހަށް ބިރުވެތިވޭ!: ޑރ. ޔާސިރު ޤާޟީ

ފުރަތަމަ ކަމަކީ މަންމަ ތިބާއަށް ޚިދުމަތްކުރިއިރު އަބަދުވެސް މަންމަ ހުންނަނީ ތިބާއަށް ޚިދުމަތްކުރާނެ ފުރުޞަތަކަށް ބަލަބަލައެވެ. މަންމަގެ ބަނޑުން ނުކުމެ ފުރަތަމަ ރޮއެލި ވަޤުތުން ފެށިގެންވެސް ހުންނަނީ ރޮއިނުލައިގެންނެވެ. ރޮއިލާއިރަށް ތިބާގެ ގާތަށްގޮސް ޚިދުމަތްކުރެއެވެ. އަދި ރޯން ނުޖެހޭނެ ގޮތަށް ކަންކަން ކޮށްދޭން އަބަދުވެސް މަންމަ މަސައްކަތްކުރިއެވެ. ރެއަކު ކިތަންމެ ގިނަފަހަރަކު ހޭލަންޖެހުނަސް ޝަކުވާއެއް ނުކުރެއެވެ.  

ބޮޑުވަމުން އައިވަރަކަށް މަންމައައީ ހަމައެގޮތުގައި ޚިދުމަތްކުރަމުންނެވެ. ތިބާ ބޮޑުވެ އަމިއްލަ ދިރިއުޅުމެއް ފެށުމުންވެސް މަންމަ ކޮށްދޭ ޚިދުމަތަކަށް ބަދަލެއް ނުގެނެއެވެ. އެއުމުރެއްގައި ކޮށްދެވެން އޮތް ކޮންމެ ކަމެއް ކޮށްދިނީ އުފަލުންހުރެއެވެ.  

ދެން ބަލައިލަންވީ ދަރިންނަށެވެ. ގިނަ ދަރިން މަންމައަށް ޚިދުމަތްކުރަނީ ކޮށްދޭ ހިތުންކަމަށް ބުނަން އުނދަގުލެވެ. ބުނެވެން އޮތީ ކުރަން މަޖުުބޫރުވާތީ ކުރަނީ ކަމަށެވެ. އަދި ތިބެނީވެސް އެއްވެސް ޚިދުމަތެއް ކުރަން ނުޖެހޭނެ ވަޤުތެއްގެ އިންތިޒާރުގައެވެ.  

ގިނަ ދަރިންނަށް ނިޞްބަތްކޮށް މިބުނި ވާހަކަކޮޅަށްޓަކައި މަންމައަށް ޚިދުމަތްކުރާހިތުން ކޮށްދޭ ދަރިންގެ ކިބައިން މާފަށްވެސް އެދެމެވެ. ގިނަ ދަރިންގެ ކިބައިން ފެންނަމުން އަންނަ ޙަޤީޤަތްވީތީ ބުނެލެވުނީއެވެ. ގިނަމިނާއި މެދުމިނާއިމެދު ބަހުސްކުރާކަށް ނެތީމެވެ. އެނގި ޔަޤީންވާ ކަމަކީ މިބުނި ފަދަ ދަރިން އެބަތިބިކަން ކޮންމެ ދުވަހަކުވެސް ހާށމަވަމުން އަންނަ ކަމެވެ. އެކަން ޔަޤީންވަނީ އެކަމާއިހުރެ ހިތްދަތިވާންޖެހޭ މައިން ގިނަވަމުން އަންނާތީއެވެ. 

ރަނގަޅަށް އަޑުއަހާށެވެ! ތިބާގެ ހިތް ﷲ ތަޢާލާ ދެނެވޮޑިގެންވާކަމާއި ތިބާގެ ހިތަށް ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވާކަން ޤުރްޢާނުން އެނގެން އެބައޮތެވެ. ވީމާ މަންމައަށާއި ދުނިޔެއަށް އޮޅުވައިލެވުނަސް ﷲ ތަޢާލާގެ ޙަޟްރަތަށް އޮޅުވައެއް ނުލެވޭނެއެވެ. އިޚްލާޞްތެރިކަމާއިއެކު ޚިދުމަތްކުރާއިރުވެސް ބައެއް އުނިވާނެކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެހެންވެ ވަޙީކުރައްވަވާފައިވަނީ އެބައަށް ޢަފޫކުރައްވަވާނެ ކަމަށެވެ.

 

- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

މިއަދު އޮންލައިން