ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1.8 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް ނައްތާލައިފި!

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1.8 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް ނައްތާލައިފި!

ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1,830,000 (އެއް މިލިއަން އަށްލައްކަ ތިރީސްހާސް) ސިނގިރޭޓް ސްޓިކްސް ނައްތާލައިފިއެވެ.

މިތަކެއްޗަކީ ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ޝިޕްމަންޓެއް ސ.ހިތަދޫ ކަސްޓަމްސްއިން ބަލައިފާސްކުރުމުގެ ތެރޭގައި އައްޑޫ ސިޓީ ހިތަދޫ ޕޯޓުން އަތުލައިގަނެފައިވާ ސިނގިރޭޓް ޝިޕްމަންޓެކެވެ.

މި ސިނގިރޭޓްތައް ނައްތާލާފައިވަނީ 2025 ޑިސެންބަރު 7 ވަނަ ދުވަހު އައްޑޫ ސިޓީ ހިތަދޫ ޕޯޓް ލިމިޓަޑް ސަރަޙައްދުގައެވެ.

މި ތަކެއްޗަކީ، ޤާނޫނު ނަންބަރު 15/2010 (ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނު)ގެ 29 ވަނަ މާއްދާ އަދި ގަވާއިދު ނަންބަރު R21/2025 (ދުންފަތް ކޮންޓްރޯލްކުރުމާގުޅޭ ޢާއްމު ގަވާއިދު)ގެ 50،51 އަދި 54 ވަނަ މާއްދާ އާއި ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލެވިފައިވާ ތަކެތިކަމަށް ކަސްޓަމުން ބުނެފައިވެއެވެ. 

މި މައްސަލަ މިހާރު ދަނީ ޤާނޫނު ނަންބަރު 8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސް ޤާނޫނު)ގެ 97 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަސްޓަމްސުން އިތުރަށް ތަޙުޤީޤުކުރަމުންނެވެ.

މިއަދު އޮންލައިން