މައިންނާމެދު ޢަމަލުކުރުމަ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބެން އޮތް އޮތް ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 23ސ
މައިންނާމެދު ޢަމަލުކުރުމަ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބެން އޮތް އޮތް ގޮތް!

ކޮންމެވެސް ސަބަބެއް މެދުވެރިވެގެންނަމަވެސް ދަރިންނަށް އިހްމާލުވެވޭ މައިންނާއިމެދު ދަރިންކުރާ ސުވާލަކީ އެހައި ނިކަމެތިކޮށް ކަންކަން ކުރީމާވެސް އެމީހުންނަށް ހެޔޮކޮށް ހިތަން ޖެހޭނެ ހެއްޔެވެ؟ އެހެންވެ މިގެނެސްދެނީ އެސުވާލުގެ ޖަވާބެވެ! އިން ޝާ ﷲ

ދަރިންނަށް އޯގާތެރި ރަނގަޅު ހެޔޮ ލަފާ މައިންގެ އަދަދު ނިޞްބަތުން ވަރަށް ގިނައެވެ. އެެހންކަމާއިއެކުވެސް މަދުންނަމަވެސް ވަރަށް އަނިޔާވެރި މައިން ތިބޭކަންވެސް ޤަބޫލުކުރަންޖެހޭނެއެވެ. އެއީ އެކަން ނުވެނުދާނެ ގޮތެވެ. އެއްވެސް ކަމެއްގައި އެންމެން އެއގޮތެއް ނުވާނެއެވެ.

މައިމީހާ ކިތަންމެ ނުބައި ނަމަވެސް، ކިތަންމެ ނުބައިކޮށް ކަންތައްތައް ކުރިނަމަވެސް އަޅައިވެސް ނުލަށެވެ. މި ވަޙީބަސްފުޅަށް ވިސްނައިލާށެވެ!

"އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ ވަޞިއްޔަތް ކުރެއްވީމެވެ."

މިފަދައިން ވަޙީކުރެއްވެވުމަށްފަހު ހެޔޮކޮށް ހިތަންޖެހޭ އެންމެ ބޮޑެތި ބައެއް ސަބަބުވެސް ވަނީ ވަޙީކުރައްވަވައިފައެވެ.

 

"އޭނާގެ މައިމީހާ އުނދަގުލާއި، ތުރާލާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އުނދަގުލާއި، ތުރާލާއެކު އޭނާ ވިހެއެވެ. އަދި އޭނާއާއިގެން މާބަނޑުވުމާއި، ކިރުތުނބުން ވީއްލުމުގެ މުއްދަތަކީ ތިރީސްމަސްދުވަހެވެ...." (މައިންނަށް ގާތުން ދެވޭނީ ދޭނެ ކިރު ﷲ ތަޢާލާ ދެއްވެވި ނަމައެވެ.)

ވީމާ ނުބައިކަމުން ހައްދުފަހަނައަޅާފަހުރި މަންމައަކު ލިބުނުނަމަވެސް ހެޔޮކޮށްހިތާށެވެ! އެއީ ވެސް އިމްތިޙާނެކެވެ. އެއިރުން ﷲ ތަޢާލާގެ އަމުރުފުޅަށް ތިބާއަށް ކިޔަމަންތެރިވެވުނީއެވެ! ކޮންމެ މީހަކީވެސް އެމީހަކު ކުރި ކިތަންމެ ބޮޑު ނުބައިކަމެއް ނަމަވެސް އަދި ކިތަންމެ ބޮޑު ހެޔޮކަމެއް ނަމަވެސް އަދި ކިތަންމެ ކުޑަ ފާފައެއް އަދި ކިތަންމެ ކުޑަ ހެޔޮ ޢަމަލެއް ނަމަވެސް އެމީހަކާއި ބައްދަލުކުރާ މީހެކެވެ.

ވީމާ މައިމީހާ ނަމަވެސް އަދި ބައްޕަ ނަމަވެސް ނުބައިކަމެއް ކޮށްފިނަމަ އެކަން އައިސް އެމީހަކާއި އަރައިހަމަކުރާނެތެވެ. އެކަމަށް ވިސްނާނެވެސް ކަމެއް ނެތެވެ. އެކަމުގެ ހިސާބުތައް ވަރަށް މޮޅަށް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާކަމުގެ ވާހަކަ އަބަދުވެސް މިގެންދަނީ ބުނަމުންނެވެ.

"މައިންބަފައިން ކިތަންމެ ނުބައިކޮށް ކަންކަންކުރި ނަމަވެސް ތިބާ ﷲ ތަޢާލާއަށް ކިޔަމަންތެރިވެ އެމީހުންނަށް ހެޔޮކޮށް ހިތައި ތިބާގެ ވާޖިބު އަދާކުރާށެވެ! ތިބާ ހެޔޮކޮށް ކަންކަން ކުރުމުން ތިބާއަށް ﷲ ތަޢާލާ ދެއްވަވާނެ ނިޢްމަތްތައް ތިބާއަށް ދެއްވަވާނެތެވެ!

 

ގިނަ ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ނުބައިކޮށް ކަންކަންކުރާ މައިންބަފައިންނަށް ހެޔޮކޮށް ހިތުމުން ދެއްވަވާ ޘަވާބު މާގިނަވާނެއެވެ.

"ދަރިންނަށް ހެޔޮކޮށް ހިތައި ލޯބިދީގެން ބަލައި ބޮޑުކުރާ ދަރިންނާ ލޯބި ނުދީ އަނިޔާވެރި ގޮތުގަ ގެންގުޅެ ބޮޑުކުރާ ކުދިންގެ މެދުގަ ވަރަށް ބޮޑަށް ތަފާތެއް ހުންނާނެ. އަނިޔާ ލިބިގެން ބޮޑެތިވާ ކުދިން އެކުދިންގެ މައިންބަފައިންނަށް ޚިދުމަތްކުރާއިރު ހިތަށް އަސަރުތަކެއް ކުރާނެ! އެކުދިންގެ ހިތަކީވެސް ހަމަ ދަނގަނޑުން އުފައްދަވާފައިވާ އެއްޗެއް ނޫން! ވީމާ އެފަދަ ކުދިން މައިންބަފައިންނަށް ހެޔޮގޮތުގައި ޚިދުމަތްކުރީމާ ﷲ ތަޢާލާ މާމަތީދަރަޖަ ދެއްވަވާނެ. މާގިނަ ޘަވާބު ދެއްވަވާނެ. އިން ޝާ ﷲ"

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން