ހެޔޮ އަމަލެއް ކުރަނިކޮށް ހުވަފެނުގަ ފެނުމަކީ އާދައިގެ ކަމެއް ނޫން! އެކަން ކުރަން ގަދައަޅައި މަސައްކަތްކުރަންވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ހެޔޮ އަމަލެއް ކުރަނިކޮށް ހުވަފެނުގަ ފެނުމަކީ އާދައިގެ ކަމެއް ނޫން! އެކަން ކުރަން ގަދައަޅައި މަސައްކަތްކުރަންވާނެ!

މިޘާލަކުން ފަށާނަމެވެ. ފަރުޟް ނަމާދުތަކަށާއި ސުންނަތް ނަމާދުތަކަށް ރައްކައުތެރިވާ މީހަކަށް ހުވަފެނުގައި އޭނާ ރޭއަޅުކަންކުރަނިކޮށް ފެނިދާނެއެވެ. ޤުރްޢާން ޢާންމުކޮށް ނުކިޔަވާ މީހަކަށް ޤުރްޢާން ކިޔަވަނިކޮށް ފެނިދާނެއެވެ. މިފަދަ ހެޔޮކަމެއް ތިމާ ކުރަނިކޮށް ހުވަފެނުގައި ފެނިއްޖެނަމަ އަވަހަށް އެކަން ކުރަން ފަށާށެވެ.

ތިބާ ހެޔޮ ޢަމަލުކުރަނިކޮށް ހުވަފެނުގައި ތިބާއަށް ފެނުމަކީ ތިބާއަށް އެންގެވޭ އެންގެވުމެއް ކަމަށް ދެކޭށެވެ. އެއީ ތިބާއަށް އެފަދަ ހެޔޮ އަމަލެއް ކުރެވޭނެ ކަމުގެ ހެއްކެއް ކަމަށްވެސް ބަލާށެވެ. އަދި އެކަމެއް ކުރަން ގަދައަޅައި މަސައްކަތްކުރަން އެންގެވި އެންގެވުމެއް ކަމަށްވެސް ޤަބޫލުކުރާށެވެ! މަސައްކަތްކޮށްފިނަމަ މާތް ﷲ ގެ ވާގިފުޅާއިއެކު އެކަމެއް ޙާޞިލުކުރެވޭނެއެވެ.

ވީމާ ނިދުމުގެ ކުރިން ކިޔަން ޖެހޭ ޛިކުރުތައް ކިޔަންވާނެއެވެ. ކުރުސި ކިޔުމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ. ޝައިޠާނާއަށް ވަސްވާސް ދޭން ކައިރި ނުވެވޭނީ އެއިރުންނެވެ.

މީސްތަކުންނޭވެ! ނިދަން ސުންނަތުގައި އޮންނަ ގޮތަށް ނިދަން ގަދައަޅައި މަސައްކަތްކުރާށެވެ! ނިދުމުގެ ކުރިން ވުޟޫ ކުރާށެވެ. އެއިރުން ތިބާއަށް ނިދިން ހޭލެވެންދެން ތިބާއަށްޓަކައި ހެޔޮ ދުޢާކޮށްދެއްވާނެ މަލާއިކަތަކު ﷲ ތަޢާލާ ބަހައްޓަވައި ދެއްވަވާނެތެވެ.

ވީމާ ނިދަންވީ ގޮތަށް ނިދިއްޖެ ނަމަ އެ ނިދެނީ 2 ފަރާތެއްގެ ހިމާޔަތުގައެވެ. އެކަކީ ކުރުސި ކިޔުމުން ތިބާއަށް ނިދިން ހޭލެވެންދެން ﷲ ތަޢާލާ ތިބާގެ ހިމާޔަތުގައި ބަހައްޓަވައި ދެއްވަވާ ފާރަވެރިޔާއެވެ. 2 ވަނައީ ވުޟޫ ކޮށްގެން ނިދުމުން ނިދީން ހޭލެވެންދެން ތިބާއަށްޓަކައި ހެޔޮ ދުޢާކޮށްދެއްވަވަން ބަހައްޓަވާ މަލާއިކަތާއެވެ.

ނަމަވެސް މިހާރަކަށް އައިސް ގިނަ ބައަކަށް ވަނީ މިކަންކަން ހަނދުމަނެތިފައެވެ. މިހުންނަނީ ހަނދާން ނައްތާލައިގެން ފަރު ޖެއްސެން ހުރި ކަންކަމެއް ނޫނެވެ. އެކަންކަން ކުރުމުން ލިބޭނެ ފައިދާ ބޮޑުކަމުންނެވެ.

--ޝައިޚް ޔާސިރް ޤާޟީގެ ދަރުސަ

މިއަދު އޮންލައިން