އަނބިން މިމަގުން ޢަމަލުކުރާނަމަ ފިރިމީހާ ފޫހިވެ ކައިވެނި ރޫޅުން ބޮޑުތަނުން މަދުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
އަނބިން މިމަގުން ޢަމަލުކުރާނަމަ ފިރިމީހާ ފޫހިވެ ކައިވެނި ރޫޅުން ބޮޑުތަނުން މަދުވާނެ!

މިއީ އަންހެނަކަށްވުރެ އަންހެނުންނަށްދޭ ނަޞީޙަތެކެވެ. އަޑުއަހާށެވެ! ފިރިމިހާއާއި ކިތަންމެ ގިނައިން ބައްދަލުވިނަމަވެސް އަދި މަދުން ބައްދަލުވިނަމަވެސް ހިނިތުންވެލާށެވެ! އެވަޤުތު ތިބާ ކުރަންހުރި ބުރަމަސައްކަތްތަކަށާއި ނުކުރެވިހުރި ގިނަ ކަންތައްތަކަށް އެވަޤުތު ނުވިސްނާށެވެ!

ދެވަނަ ކަމަކީ ފިރިމީހާއަށް ތިބާގެ ފަހަތުން ދުވަން ނުޖައްސާށެވެ. ބައްދައިލުމުގެ ބައްދައިލާށެވެ. ބޮސްދިނުމުގެކުރިން ބޮސްދޭށެވެ. ބުނަން ހެއްޔެވެ؟ އަންތބަކަށް އެންމެ ބޮޑަށް އެނެގެންޖެހޭނެ ކަމަކީ ފިރިމީހާގެ އިޙްޞާޞްތަކެވެ. ފިރިމީހާގެ މޫނުމަތިންނާއި ބެލުމުން އެކަން ދެނެގަނެވެންވާނެއެވެ.  

އަނބިމީހާ ރީތިވެ ފެންވަރައި ސާފުތާހިރުކޮށް އަދި ގައިން މީރުވަސް ދުއްވައިގެން ހުންނަނަމަ ފިރިން އުފާވާނެއެވެ. ނަމަވެސް އެމީހުން ބައްދާލަން ބޭނުންވާ ވަޤުތު ރީތިވެލަން ނަމަވެސް ހިނދުކޮޅެއްވެސް ލަސްވުމަކަށް ނުއެދޭނެއެވެ.  

އަހުރެން މިވާހަކަކޯޅު ބުނެމިލީ މިކަންކަމަށް ޢަމަލުކޮށް ފިރިމީހާގެ ހިތަށް އުފާވެރިކަން ހޯދައިދިނުމުން އަނބިންނަށް ﷲ ތަޢަލާގެ ޙަޟްރަތުން ލިބެން އޮތް ބޮޑު އުފާބެރިކަމަށްޓަކައެވެ. އެންމެ ރަނގަޅު އަންހެނުންނަކީ ފިރިންގެ ހިތަށް އުފާވެރިކަން ހޯދައިދޭ އަނބިންކަން ޙަދީޘްފުޅުން އެނގެން އޮތީމައެވެ. 

ކިތަންމެ ރަނގަޅަށް ކަްނަކްނަ ކުރިޔަސް އެމީހަކަށް ދިމާވާންހުރިކަމެއް ދިމާނުވާނެކަމަށް ބުނަނީއެއް ނޫނެވެ. ނަމަވެސް މިގޮތަށް ޢަމަލުކުރާނަމަ ފިރިމީހާ ފޫހިވެ ކައިވެނި ރޫޅުމުގެ ފުރުޞަތު ބޮޑުތަނުން ކުޑަވާނެއެވެ. އިން ޝާ ﷲ

 

- އުސްތާޛާ ނަސީމާ

މިއަދު އޮންލައިން