އެއްވެސް މީހެއްގެ ހިތުގަ ޖެހޭނެ ބަހެއްވެސް ނުބުނާށެވެ! އެކަމުގެ ސަބަބުން ތިބާއަށް މާބޮޑު ހިތްދަތިކަމެއް ނުލިބި ސަލާމަތްވެވޭނެކަމަށް ހީވެސް ނުކުރާސެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
އެއްވެސް މީހެއްގެ ހިތުގަ ޖެހޭނެ ބަހެއްވެސް ނުބުނާށެވެ! އެކަމުގެ ސަބަބުން ތިބާއަށް މާބޮޑު ހިތްދަތިކަމެއް ނުލިބި ސަލާމަތްވެވޭނެކަމަށް ހީވެސް ނުކުރާސެވެ!

މީހެއްގެ ހިތުގައި ޖެހޭނެ ފަދަ ބަހެއް ބުނުން، މަލާމާތާއި ފުރައްސާރަ ކުރުން ފަދަ ކަމަކުން ނަމަވެސް ނަމަވެސް މީހެއްގެ ހިތުގައި ނުޖައްސާށެވެ! އެއްވެސް މީހެއްގެ ހިތުގައި ޖެހިދާނެ ފަދަ ކިތަންމެ ކުޑަ ބަހެއްވެސް ނުބުނާށެވެ! އެއީ އޭނާގެ ގައަށް ޙަމަލާދީ ޒަޚަމްކޮސްލުމަށްވުރެވެސް މާބޮޑުކަމެއް ކަމުގައި ދެކޭނެ މީހުން ވަރަށް ގިނަވާނެއެވެ.  

ބުނަން ހެއްޔެވެ؟ ތިބާ ބޭނުންވާ ކަންކަން ޙާޞިލް ނުކުރެވިގެން ތިއައުޅޭ، ނުވަތަ ހިތްހަމަޖެހުމެއް، އުފާވެރިކަމެއް ނުލިބިގެން ތިއައުޅޭ ސަބަބަކީ ކޮންމެވެސް މީހެއްގެ ހިތުގައި ޖެއްސުވުމުން އޭނާ ﷲ ތަޢާލާއަށް ކުރި ދުޢާ ކަމުގައިވެދާނެއެވެ.  

ދިރިއުޅެމުންދާއިރު އަތްމަތި ދަތިވީނަމަވެސް އަދި އެހެން ގޮތަކުން ހިތްދަތިކަމެއް ލިބުނު ނަމަވެސް ފުރަތަމަ ވިސްނައިލާންވީ ކަމަކީ ތިމާ ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރެވޭ ކަމާއިމެދުގައެވެ. ދެން ވިސްނައިލަންވީ އެއްވެސް މީހަކަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ކުރެވިފައިވޭތޯއެވެ. ބުނި ބަހަކުން ނަމަވެސްމެއެވެ.  

އަވަހަށް ގޮސް އެމީހެއްގެ ކިބައިން މާފަށް އެދި ހިތްޙަލާލުހޯދާށެވެ! އިން ޝާ ﷲ އެމީހަކަށް އެމީހާ ބޭނުންވާ ކަންކަން ހިންމަވައި ދެއްވަވާނެތެވެ! 

ހިތާމައަކީ މިބުނި ފަދަ ޙާލަތު ކުރިމަތިވުމުން ތިމާއަށް ކުރެވިފައިވާ ކުށްތަކަށް ނުވިސްނައި އެހެން މީހުން ކުށްވެރިކުރެވޭތީއެވެ. ދެމަފިރިންގެ މެދުގައި މައްސަލައެއް ޖެހޭއިރަށް އެކުވެރިންނާއި ޅިޔަން ފަހަރިން ކުށްވެރިކުރެވޭތީއެވެ. އެމީހުންގެ ކިބައިންވެސް މައްސަލަތައް ކުރިމަތިވާނެއެވެ. ނަމަވެސް ތިބާ ހުރީ ޙައްޤު ގޮތުގައިނަމަ ﷲ ތަޢާލާ އެކަމެއް ތިބާއަށްޓަކައި ޙައްލުކޮށްދެއްވަވާނެތެވެ.  

ނަމަވެސް އެއީ ތިބާއަށް ކުރެވިފައިވާ ކުރިން ބުނި ފަދަ ކުށަކުންނަމަ އެކަމުގެ ޙައްލު ލިބުމުން އަވަސްވާނީ ތިބާއަށް ކުރެވުނު ކުށަށް މާފަށް އެދި ހިތްޙަލާލް ހޯދުމުންނެވެ!

 

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން