ނުފެނި ގިނަދުވަސްވުމުން ދަރިފުޅު ދެކެންދިއަ މަންމައަށް ހެޔޮކޮށް ހިތައި ފައިސާތަކެއް ދިނުމުން އެމަންމަ ބުނިބަސް! ހުރިހާ ދަރިންނަށް ވަރަށް ފައިދާކުރާނެ ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ނުފެނި ގިނަދުވަސްވުމުން ދަރިފުޅު ދެކެންދިއަ މަންމައަށް ހެޔޮކޮށް ހިތައި ފައިސާތަކެއް ދިނުމުން އެމަންމަ ބުނިބަސް! ހުރިހާ ދަރިންނަށް ވަރަށް ފައިދާކުރާނެ ފިލާވަޅެއް!

ކިޔަވައި ނިމި ވަޒީފާލިބި ކައިވެނިވެސް ކޮށްގެން ގެއިން ނުކުމެގެން ދިއަތާ 3 މަސްދުވަސްވީރުވެސް ދެކެލަން ނަމުން މުސްކުޅި މަންމައަށް ކެތްނުކުރެވިގެން ދަރިފުޅާއި ބައްދަލުކުރަން ދިއައެވެ. މަންމަ ފެނުމުން ހޫނު މަރުޙަބާއެއްކިޔެވެ. ގެއަށް ވެއްދިއެވެ. އަދި ަވަރަށް ރަނގަޅަށް ކަންކަންކުރިއެވެ.  

އިރުއޮއްސެން ކައިރިވުމުން މަންމަ ގެއަށްދާން ބޭނުންވެއްޖެކަމަށް ބުނުމުން މަޑުކޮށްލަން ބުނެފައި ފައިސާތަކެއް އަތަށްލައިދިނުމުން މަންމަ ބުނީ ކީކޭކަން އެނގޭހެއްޔެވެ؟ "ދަރިފުޅާއެވެ! މަންމަ މިއައީ ދަރިފުޅުގެ އަތުން އެއްވެސް އެއްޗެއް ހޯދާކަށް ނޫނެވެ. ދަރިފުޅު ނުފެނި މިހައި ގިނަދުވަސްވުމުން ކެތްނުކުރެވިގެން ދަރިފުޅު ދެކިލާށެވެ! މިފައިސާ ދަރިފުޅުގެ އަތުގައި ބަހައްޓާށެވެ! މަންމަގެ ބަރުދަނަށް ދޭ ފައިސާއަށްވުރެ މަންމައަށް މުހިންމީ ދަރިފުޅާއި ބައްދަލުވުމެވެ. ދެންވެސް ތަންކޮޅެއް އަވަސް އަވަހަށް މަންމައަށް ފެނިލައިދޭށެވެ. ހުޅުތަކުގައި ރިއްސާވަރުން މަންމައަށް ހިނގަން ފަސޭހައެއް ނޫނެވެ. ނޫންނަމަ މަންމަ ގިނަގިނައިން އަންނާނަމެވެ."  

ދަރިފުޅަށް ރޮވުނެވެ. މަންމަގެ ގައިގައި ލޯބިން ބައްދައިލެވުނެވެ. ބުންޏެވެ. "މަންމާއެވެ! ހީކުރީ ދައްތަ ޢާއި ބޭބެ ގޭގައި ތިބުމުން މަންމަ އިންނާނީ ހިތްހަމަޖެހިގެން ކަމަށެވެ." މަންމަގެ ޖަވާބަކީ "ދަރިފުޅާއެވެ! އެސެބެއިންވެސް ކަންތައް ކުރަނީ ހަމަ ރަނގަޅަށެވެ. އެކަމަކު މަންމަ ގެންގުޅެ ބޮޑުކުރީ ދެބެއިންނެއް ނޫނެވެ. 3 ދަރިންނެވެ." 

އެދުވަހަށްފަހު މަދުވެގެން ހަފްތާއަކު 3 ފަހަރު ދަރިފުޅުގޮސް މަންމައާއި ބައްދަލުކުރެއެވެ. މަންމައާއިއެކު ވަޤުތުކޮޅެއް ހޭދަކުރެއެވެ. މަންމައަށް ކަންކަންވެސް ކޮށްދެއެވެ. 

މިއީ ކޮންމެ ދަރިއަކަށްވެސް ވަރަށް މުހިންމު ވާހަކަކޮޅެކެވެ. ކިތަންމެ ދަތިޙާލުގައި އުޅެންޖެހުނަސް މައިންނަށް އެންމެ ބޮޑު އުފާވެރިކަމެއް ލިބޭނީ ދަރިން ބާއްވާ ގުޅުމުންނެވެ. އަތަށްލައިދޭ ފައިސާއަކުން ނުވަތަ ކޮށްދޭ ކަންކަމަކުން ނޫނެވެ. އެކަމަށް ވިސްނާށެވެ. ގިނަގިނައިން މައިންބަފައިންނާއި ބައްދަލުކުރާށެވެ. ލޯތްބާއި އަޅައިލުން ދޭށެވެ. މުހުތާދުތައްވެސް ފުއްދައިދޭށެވެ. އެކަމުގެ ސަބަބުން އެމީހަކަށް މާތް ﷲ ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން