މާތް ﷲ ކީރިތި ޤުރްއާނުގައި ނަބީބޭކަލުންގެ ވާހަކަތައް ބަޔާންކުރެއްވުމުގެ ޙިކުމަތްތަކުގެ ތެރެއިން-: އުޘްމާން އަލްޚަމީސް

ކިޔުމަށް ހޭދަވާނީ 2މ 53ސ
މާތް ﷲ ކީރިތި ޤުރްއާނުގައި ނަބީބޭކަލުންގެ ވާހަކަތައް ބަޔާންކުރެއްވުމުގެ ޙިކުމަތްތަކުގެ ތެރެއިން-: އުޘްމާން އަލްޚަމީސް

ޢާއިޝަތު ރަފާޙް ޢަލީ

 

އިންސާނާ މިފަދަ މާތް ވާހަކަތައް އަޑުއަހާއިރު، އޭނާގެ ހިތަށް ހަމަޖެހުމާއި އަރާމު ލިބިގެންދެއެވެ. މިގޮތުން ކީރިތި ޤުރްއާނުގައިވާ ނަބީބޭކަލުންގެ ވާހަކަތަކާއި، މުއުމިނުންނަށް ﷲ ގެ ނަޞްރު ލިބުނު ގޮތާއި، ކާފިރުން ހަލާކުވެދިޔަ ގޮތުގެ ވާހަކަތައް ހިމެނެއެވެ. މީގެ ތެރޭގައި ނޫޙުގެފާނު، ޞާލިޙުގެފާނު، ހޫދުގެފާނު، ޝުޢައިބުގެފާނު އަދި ލޫޠުގެފާނު ފަދަ ނަބީބޭކަލުން ސަލާމަތްކުރެއްވި ގޮތާއި، އެބޭކަލުންގެ ޤައުމުތައް ހަލާކުކުރެއްވި ގޮތުގެ ވާހަކަތައް ވެސް ހިމެނެއެވެ. 

މި ވާހަކަތަކުގެ ތެރެއިން ﷲ ސުބުޙާނަހޫ ވަތަޢާލާގެ އާޔަތްތައް ކިޔަވާއިރު، އިންސާނާގެ ހިތަށް ހަމަޖެހުން ލިބި، ނަފްސު އަރާމުކަން ލިބިގެންދެއެވެ. ﷲ ޖައްލަ ވަޢަލާ އެކަލޭގެފާނަށް ރަސޫލުބޭކަލުންގެ ޚަބަރުތައް ކިޔައިދެއްވަނީ އިންސާނުންގެ ހިތްތަށް  ސާބިތުކުރެއްވުމަށްޓަކައެވެ. އެހެންކަމުން، މިފަދަ ވާހަކަތަކުން އަޅުގަނޑުމެންވެސް ހިތްވަރާއި ކެތްތެރިކަން ހޯދަންވާނެއެވެ. 

އަޙްޤާފް ސޫރަތުގެ 35 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

فَاصْبِرْ كَمَا صَبَرَ أُولُو الْعَزْمِ مِنَ الرُّسُلِ

މާނައީ: "ފަހެ، رسول ންގެ ތެރެއިން ގަދަހިތްވަރުފުޅުގެވެރި رسول ން (އެބަހީ: أولوالعزم ގެ ބޭކަލުން) ކެތްކުރެއްވި ފަދައިން ކަލޭގެފާނުވެސް ކެތްތެރިވެ ވަޑައިގަންނަވާށެވެ!" 

އަދިވެސް އަންޢާމް ސޫރަތުގެ 90 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. 

أُولَٰئِكَ الَّذِينَ هَدَى اللَّهُ ۖ فَبِهُدَاهُمُ اقْتَدِهْ ۗ

މާނައީ: "އެބޭކަލުންނީ، اللَّه، ތެދުމަގު ދެއްކެވި ބޭކަލުންނެވެ. ފަހެ، އެބޭކަލުންގެ ތެދުމަގާ ކަލޭގެފާނު تبع ވެވަޑައިގަންނަވާށެވެ!" 

މި ވާހަކަތައް ތިޔަބޭފުޅުންނަށް މިކިޔައިދެނީ، ތިޔަބޭފުޅުންގެ ހިތްތަށް ޙައްޤުގެ މަތީގައި ސާބިތުކުރުމަށްޓަކައެވެ. މިއަދު އިސްލާމީ އުއްމަތް ބަލިކަށިވެފައިވާ ޙާލު، އަދާވާތްތެރިން އެބައިމީހުންގެ މައްޗަށް ގަދަވެގަތުމާއެކު، އަޅުގަނޑުމެން ވާންޖެހޭނީ އިންސާނުންގެ ކިބައިން ޙިމާޔަތާއި ނަޞްރު އެދޭ ބަޔަކަށެވެ. މިއީ އަޅުގަނޑުމެންގެ ބަލިކަށިކަމުގެ ސަބަބުންނެވެ. 

އަޅުގަނޑުމެން މާތްﷲ އަށް ރުޖޫޢަވެއްޖެނަމަ، ހަމަކަށަވަރުން އެކަލާނގެ އަޅުގަނޑުމެންނަށް ނަޞްރު ދެއްވާނެކަން ޔަޤީނެވެ. އެހެންކަމުން، އަޅުގަނޑުމެންވެސް ނަބީބޭކަލުންގެ ވާހަކަތަކާއި، މާތްﷲ އެބޭކަލުން ސަލާމަތްކުރެއްވި ގޮތާއި، އެބޭކަލުންގެ ޤައުމުތަކާއި ތަބާވީ މީހުން ސަލާމަތްކުރެއްވި ގޮތާއި، އެބޭކަލުންގެ ޢަދުއްވުންގެ މައްޗަށް ނަޞްރު ދެއްވި ގޮތުގެ ވާހަކަތައް އަޑުއަހާއިރު، އަޅުގަނޑުމެންގެ ހިތްތަށް ސާބިތުކުރަން ޖެހެއެވެ.

، އެއްވެސް ބަޔަކަށް ދެއްވާފައިވާ ނިޢުމަތެއް ބަދަލެއް ނުކުރައްވާނެއެވެ. އެހެންކަމުން، އަޅުގަނޑުމެން އަމިއްލަ ނަފްސުތަކަށް ބަދަލު ގެނެސް، މާތްﷲ އަށް ރުޖޫޢަވުމަކީ މުހިންމު ކަމެކެވެ.

މިއަދު އޮންލައިން