ރ. އަތޮޅުން ވ. އަތޮޅަށް ހުދު ސަމާލު ނެރެފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
ރ. އަތޮޅުން ވ. އަތޮޅަށް ހުދު ސަމާލު ނެރެފި

މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އިން ރ. އަތޮޅުން ފެށިގެން ވ. އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފިއެވެ. މި ސަމާލު ނެރެފައިވަނީ މެންދަމު 2:15 އާ ހަމައަށް ކަމަށް މެޓުން ވަނީ ހާމަކޮށްފައެވެ. މެޓުން ލަފާކުރާ ގޮތުގައި މި ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ސަމާލު ނެރެފައިވާ މުއްދަތުގައި ރ. އަތޮޅުން ވ. އަތޮޅާ ދެމެދުގެ ރަށްތަކަށް ބޯކޮށް ވާރެވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ. އެހެންކަމުން މި ސަރަހައްދުގައި ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކުރެއެވެ.

އެ އިދާރާއިން ވިދާޅުވެފައިވާ ގޮތުގައި މިރެއާއި މާދަމާވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވާރޭވެހޭނެއެވެ. ޚާއްޞަކޮށް އުތުރާއި ދެކުނުގެ ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވެއެވެ. ރާއްޖޭގެ މޫސުން މި ދުވަސްތަކުގައި ގޯސްވެ، ވިއްސާރަ ކުރުން އެކަށީގެންވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މެޓުން އިރުޝާދު ދެއެވެ.

ކަނޑުގެ ހާލަތަށް ބަލާއިރު، މި ދެ ދުވަހު ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. ނަމަވެސް މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް މެޓުން ވަނީ އެދިފައެވެ.

މިއަދު އޮންލައިން