ހުޅުމާލެއިން 4 ތަނެއް ބަލައި ފާސްކޮށް ގަވާއިދާ ޚިލާފަށް އުޅުނު ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ހުޅުމާލެއިން 4 ތަނެއް ބަލައި ފާސްކޮށް ގަވާއިދާ ޚިލާފަށް އުޅުނު ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމުގެ މަސައްކަތުގެ ތެރެއިން، ހުޅުމާލޭގެ 4 ތަނެއް ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ. މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓްއާއި ޓާސްކްފޯސް ގުޅިގެންނެވެ.

އިމިގްރޭޝަނުން ދެއްވި މައުލޫމާތުގައިވާ ގޮތުން، ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް ހިންގާ އޮޕަރޭޝަންގެ ތެރެއިން، ރޭ ހުޅުމާލެ ފޭސް 1 އިން 4 ތަނެއް ވަނީ ބަލައި ފާސްކޮށްފައެވެ. މި އޮޕަރޭޝަންގެ މަޤްޞަދަކީ ގާނޫނާއި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި، އެފަދަ ވިޔަފާރިތައް ހުއްޓުވުމެވެ.

މި އޮޕަރޭޝަންގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. މީގެ އިތުރުން، އެހެން 3 ބިދޭސީއަކަށް ވަނީ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް ނޯޓިސް ދެވިފައެވެ. މިފަދަ އޮޕަރޭޝަންތައް ކުރިއަށް ގެންދަނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ.

އިމިގްރޭޝަނާއި އިޤްތިޞާދީ ތަރައްޤީގެ މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ މިފަދަ އޮޕަރޭޝަންތައް ކުރިއަށް އޮތްތަނުގައިވެސް އިތުރުކުރާނެ ކަމަށް ލަފާކުރެވެއެވެ. 

މިއަދު އޮންލައިން