ނ. މަނަދޫއިން 7 ބައިވެރިން ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމް ފުރިހަމަކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 48ސ
ނ. މަނަދޫއިން 7 ބައިވެރިން ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމް ފުރިހަމަކޮށްފި

ނ. މަނަދޫގައި ކުރިއަށް ގެންދިޔަ ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ޕްރޮގުރާމު ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ރޭ އެރަށުގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވެއެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިސްލާމީކަންތަައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް ޢަބްދުﷲ ސަޢުދާންއެވެ.

މަނަދޫގައި ބޭއްވުނު ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމު ފުރިހަމަކޮށް 7 ބައިވެރިން ވަނީ ސަނަދު ހާސިލްކޮށްފައެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ ޕްރޮގުރާމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޚަޠީބުންގެ ދަތިކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޚާއްސަ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމުގެ ދަށުން މިހާތަނަށް 500 އަށްވުރެ ގިނަ ޒުވާން ޚަޠީބުން ތަމްރީންކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ.

މިއަދު އޮންލައިން