ތިމާއަކީ މުސްލިމަކު ކަމަށް ހެދިގެން އުޅުނަސް މުސްލިމަކަށް ނުވާނެ މީހުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ތިމާއަކީ މުސްލިމަކު ކަމަށް ހެދިގެން އުޅުނަސް މުސްލިމަކަށް ނުވާނެ މީހުން-

އޭނާއަކީ މުސްލިމެކެވެ. އެކަމަކު ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަންކަން ކުރެއެވެ. ކުރެވުމުން މިކުރެވުނީ ފާފައެއް ކަމަށް ޤަބޫލުކުރެވެއެވެ. ތައުބާވެ އެފަދަ ފާފަފަ އެއް ނުކުރަންވެސް ވިސްނެއެވެ. އެހެންކަމަށްވާނަމަ އޭނާ އަދިވެސް އެހުރީ މުސްލިމުންގެ ކުޑައިގެ ދަށުގައެވެ. އެއީ އޭނާއަށް ކުރެވެނީ ފާފައެއް ކަމަށް ޤަބޫލުކުރެވޭތީއެވެ. ތައުބާވާން ބޭނުންވާތީއެވެ.  

ދެވަނަ މީހާއަކީވެސް މުސްލިމެއް ކަމަށް ބުނާ މީހެކެވެ. ނަމަވެސް އޭނާ މިޘާލަކަށް އޫރުމަސް ކާފައި، ބަނގުރާ ބޮއިފައި، ޒިނޭކޮށްފައި، ނުވަތަ އެނޫންވެސް ޙަރާމް ކަމެއް ކޮށްފައި އެކުރެވުނީ ފާފައެއް ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.  

އެމީހާއަށް ބުނަން އޮތީ އޭނާއަށް އެހުރެވެނީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ މެދުވެރިކުރައްވަވައި ﷲ ތަޢާލާ ބާވައިލެއްވެވި ދީނުގައި ނޫން ކަމަށެވެ. ސަބަބަކީ ޙަރާމް ކަންކަން ކޮށްފައި އެކުރެވުނީ ފާފައެއް ކަމަށް ޤަބޫލުނުކުރާތީއެވެ. އިސްލާމް ދީނުގެ ޙުކުމްތައް ޤަބޫލުނުކުރާ މީހަކަށް މުސްލިމަކަށް ނުވެވޭނެތީއެވެ.  

ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ އެއްވެސްކަމެއް އެއީ ހުއްދަ ކަމެއް ކަމަށް ބުނުމުގެ އިޚްތިޔާރު އެއްވެސް މީހަކަށް ދެއްވަވާފައެއް ނުވެއެވެ. ވީމާ ޙަރާމް ކަންކަން އެއީ ޙަރާމް ކަންކަން ކަމަށް ޤަބޫލުނުކުރާމީހަކަށް މުސްލިމަކަށް ނުވެވޭނެއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން 

މިއަދު އޮންލައިން