ނޯކަރު ކުރި އިތުރު މަސައްކަތަށް އަގުދިން މީހަކަށް މާގިނަ ފައިސާ ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ނޯކަރު ކުރި އިތުރު މަސައްކަތަށް އަގުދިން މީހަކަށް މާގިނަ ފައިސާ ލިބުނު ގޮތުގެ ވާހަކަ-

އެއީ އުފަލުގައި ދިރިއުޅެމުން އަންނަ ދެމަފިރިންނެވެ. އަނބިމީހާއަށް ލުއިކޮށްދިނުމުގެ ކޮންމެ ދުވަހަކު 4 ގަޑިއިރަށް ނޯކަރަކު ގެއަށް ގެނެއެވެ. އޭނާގެ މަސައްކަތް މެންދުރުފަހު 3 ޖަހާއިރު ނިމެއެވެ. 

ފިރިމީހާ ވަޒީފާއަދާކުރާތަނުގެ ވެރިމީހާއާއި އިސްބައަކު ގެއަށް ކާން ގެންނަން އޮތް ރެއެކެވެ. ދެމަފިރިންގެ އެދުމަށް ނޯކަރު އެރޭ ގެއަށް އައިސް އެމީހުންނަށް ބޭނުންވާ ތަކެތި ވަޤުތުން ތައްޔާރުކޮށްދިނެވެ. އެކަންކުރެވުނީ ވަރަށް ބުރަ މަސައްކަތުންނެވެ. ކައިނިމިގެން އެންމެންވެސް ކެއުމަށް ވަރަށް ތަޢްރީފްކުރިއެވެ. އެހެންވެ ނޯކަރަށް ހަދިޔާއަކަށް އިތުރަށް ފައިސާކޮޅެއްވެސް ދިނެވެ. ނޯކަރު ގެއިން ދިއައީ ދެމަފިރިންނަށް ހެޔޮދުޢާކުރަމުންނެވެ. 

އަނެއް ދުވަހު ފިރިމީހާ އޮފީހަށް ދިއުމުން ބޮސް އޭނާ ގެންގޮސްފައި ރޭގެ ކެއުމުގެ ރަހަތަކަށް ތަޢްރީފްކޮށް ފައިސާގެ ރަނގަޅު ހަދިޔާއެއް ދިނެވެ. ހިފައިގެން ގެއަށް އައިސް އަނބިމީހާގެ އަތަށް ފައިސާތައް ދީފައި ބުންޏެވެ. "މިއީ ރޭގެ ކެއުމަށް ރަޢްރީފްކޮށް ބޮސް ދިން ހަދިޔާއެކެވެ. އަންނަމަހުގެ މުސާރަ ނޯކަރަށްދޭއިރު ތަންކޮޅެއް އިތުރުކޮށްލާފައިދޭށެވެ. އަދި އެއީ ހަދިޔާއެއް ކަމަށްބުނާށށެވެ. 

ބުނަންހެއްޔެވެ؟ ގޭގައި މަސައްކަތްކޮށްދޭން އެއަންނަނީ ވަރަށް ނިކަމެތިވީމައެވެ. ނިކަމެތިންނަށް ހެޔޮކޮށް ހިތާނަމަ އަހުރެމެންނަށް ދެއްވަވާ ރިޒުޤް ބޮޑުތަނުން އިތުރުކުރައްވަވާނެއެވެ." 

މިއީ މާބޮޑު އަދި މާދިގު ވާހަކަތަކެއް ނޫނެވެ. ނަމަވެސް މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލަން ބޭނުންވީ ބައެއް ގޭގޭގައި ގެންގުޅޭ ނޯކަރުން ލައްވައި އަޅެއް ފަދައިން މަސައްކަތްކުރުވާފައި މުސާރަކޮޅުވެސް ނުދީ ލަސްކުރާތީއެވެ. އިތުރަށް ކިތަންމެ ގިނަ މަސައްކަތެއް ކުރިޔަސް އެންމެ ރުފިޔާއެއްވެސް އިތުރަށް ނުދޭތީއެވެ. މިވިސްނުމުން ވިސްނައި ޢަމަލުކުރާނަމަ އެމީހަކަށް ލައްވަވާނެ ރަޙްމަތް ބޮޑުތަނުން އިތުރުވާނެއެވެ. އިން ޝާ ﷲ

 

- މިއަދުނޫހުގެ ކިޔުންތެރިއެއް  

މިއަދު އޮންލައިން