މާލޭ ގެއެއްގައި ހިނގި ހަމަނުޖެހުމެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 52ސ
މާލޭ ގެއެއްގައި ހިނގި ހަމަނުޖެހުމެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

މާލޭ ގެއެއްގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި ދެމީހަކަށް އަނިޔާވެ، އޭގެ ތެރެއިން އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހެޅިއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދުގެ ހެނދުނު 10:05 އެހާކަންހާއިރު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ދިން މައުލޫމާތުތަކަށް ބަލާއިރު، މި މާރާމާރީގައި އަނިޔާވެފައިވަނީ 64 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ އަންހެނަކަށެވެ. އަނިޔާވި ދެމީހުންގެ ތެރެއިން 64 އަހަރުގެ ފިރިހެން މީހާގެ ބުރަކައްޓަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައެވެ. މި ހާދިސާގައި އަނިޔާވި ދެމީހުންނަށް ވެސް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، މި މާރާމާރީއަކީ ގެއެއްގެ ތެރޭގައި ދެމީހެއްގެ ދެމެދު ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި ހިންގި ކަމެކެވެ. މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި މި ދެމީހުންނަކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެމީހުންނެވެ.

މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި، ހަގީގަތް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މިއަދު އޮންލައިން