މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ބާއްވާ މަސްވެރިންގެ ގުންޒަރުގެ ބައިވެރިން ދުވާފަރަށް ވަޑައިގަންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 39ސ
މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ބާއްވާ މަސްވެރިންގެ ގުންޒަރުގެ ބައިވެރިން ދުވާފަރަށް ވަޑައިގަންނަވައިފި

މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ބާއްވާ މަސްވެރިންގެ ގުންޒަރުގެ ބައިވެރިން ރ. ދުވާފަރަށް ވަޑައިގަންނަވައިފިއެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ މަސްވެރިންގެ ގުންޒަރުގައި އެކި އަތޮޅުތަކުގެ މަސްވެރިންނާއި މަސްވެރިކަމުގެ ޞިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތައް ބައިވެރިވާނެއެވެ.

މަސްވެރިންގެ ގުންޒަރުގެ ބައިވެރިންނަށް ދުވާފަރުން މަރުހަބާ ދެންނެވީ މަސްވެރިކަމާ ކަނޑުގެވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުހައްމަދު މުއްތަލިބާއި ދުވާފަރު ކައުންސިލްގެ ރައީސް އާއި ކައުންސިލްގެ އިސްވެރިންނެވެ.

މިއަހަރުގެ މަސްވެރިންގެ ގުންޒަރުގައި 20 ރަށަކުން 47 މަސްވެރިންނާ 3 މަސް ޕްރޮސެސްކުރާ ކުންފުންޔަކުން ބައިވެރިވެއެވެ.

 

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން