ކުރު، ދޫމައްޗަށް ފަސޭހަ، ކުރަން ފައިދާހުރި ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ކުރު، ދޫމައްޗަށް ފަސޭހަ، ކުރަން ފައިދާހުރި ދުޢާއެއް!

ނަމާދުކުރުމަށްފަހު އަބަދުވެސް ކުރަން އޮތް އެންމެ މުހިންމުކަމަކީ ކީރިތި ޤުރްއާންކިޔެވުން ގިނަކުރުމާއި ގިނަގިނައިން ދުޢާކުރުމެވެ. އެގޮތުން މިބުނަލަދެނީ އެންމެންވެސް ވަރަށް ފަރިތަ، ދަންނަ ދޫމައްޗަށް ފަސޭހަ އަދި އެހައިމެ ބޮޑު ފައިދާވެސް ލިބިގެންދާދުޢާއެކެވެ. 

سَمِعۡنَا وَاَطَعۡنَا غُفۡرَانَكَ رَبَّنَا وَاِلَيۡكَ الۡمَصِيۡرُ‏ 

ތިމަންމެން އަހައި ކިޔަމަން ވެއްޖައީމުއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެންގެ ފާފަ ފުއްއްސަވައި ފާނދޭވެއެވެ! އަދި، އެނބުރި ދިއުންވަނީ، އިބަރަސްކަލާނގެ حضرة އަށެވެ. (سورة البقرة: 285) 

އިންސާނަކަށް އެންމެ ބޮޑަށް ބޭނުންވާނެ ކަންކަން މިދުޢާގައި ހިމެނިގެންވެއެވެ. އެއީ 1، މިތިބީ ބިރުވެތިވެ ކިޔަމަންވެގެންކަން ބަޔާންކުރުމާއި، 2 ފާފަފުއްސަވައި ދެއްވެވުން އެދި ދެންނެވުމާއި  3 ޤިޔާމަތްވާނެ ކަމާއި ހިސާބު ބެލެވި ޙައްޤު އަޛާބު ލިބިގެންދާނެކަން ޤަބޫލުކުރާކަން ބަޔާންކުރުމެވެ. 

މިއީ ދުޢާ ޢިޖާބަކުރެއްވެވުމާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަންކަމެވެ. އެހެނީ ﷲ ތަޢާލާ މަތިވެރިކުރުމާއި ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދެންނެވުމާއި ޤިޔާމަތްދުވަހަށް ބިރުވެތިވާކަން ބަޔާންކުރާ އަޅުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ.  

ވީމާ މިދުޢާއަކީ ކުރު، ދޫމައްޗަށް ފަސޭހަ، އަދި އެންމެންނަށްވެސް އެނގޭ ދުޢާއެއްކަމަށްވުމުން ހަނދާންކޮށްލަދިނީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން