ލޮބުވެތި ކަނބަލުން ކޮންމެވެސް ކިޔައިލާތި!: "ޖަނާޒާގައި އޭނާ ރުއީ އެހެން ހުއްޓައި ތިމާވެސް މަރުވެދާނެ ކަމުގެ ބިރުންކަމަށްވާނެނަމަ ހާދަރަނގަޅެވެ."

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ލޮބުވެތި ކަނބަލުން ކޮންމެވެސް ކިޔައިލާތި!: "ޖަނާޒާގައި އޭނާ ރުއީ އެހެން ހުއްޓައި ތިމާވެސް މަރުވެދާނެ ކަމުގެ ބިރުންކަމަށްވާނެނަމަ ހާދަރަނގަޅެވެ."

ދާދިފަހުން އަހުރެން ދިއަ ޖަނާޒާއަކުން ފެނުނު ކަމެއްގެ ވާހަކައިން ފަށާނަމެވެ. މައްޔިތާ ވަޅުލާފައި އެނބުރި އައިއިރު ގިނަބައަކު ތިބީ ރޯށެވެ. ގިނަ ޢަދަދެއްގެ ފިރިހެނުން އެއްދިމާއަކަށް ބަލަން ތިބުމުން އަހުރެންނަށްވެސް ބަލައިލެވުނެވެ.  

އެއީ ހަށިގަނޑުން ބޮޑު އަންހެނެކެވެ. ޢުމުރުން 75 އަހަރަށްވުރެ މަތިވެދާނެއެވެ. ގުނަވަންތައްވެސް ބޮޑުކަން ފާހަގަކުރެވުނެވެ. އެކަމަކު ލައިގެން ހުރީ ނިވާކަން ކުޑަ ހެދުމެކެވެ. ރޮއި ކަރުނަ އަޅަނީއެވެ. ރަނގަޅަކަށް ނުވެސް ހިނގެއެވެ. އަންހެނުންތަކެއް އޭނާގެ އަތުގައި ހިފަހައްޓައިގެން ތިބެ ކުރިއަށްދާން އެހީތެރިވަނީއެވެ. ނުރޮއި ކުރިއަށްދާން ހިތްވަރުދެނީއެވެ.  

އަހުރުން ވަޤުތުން އިސް ތިރިކުރީމެވެ. ތައުބާވެސްވީމެވެ. ހިތަށް އެރިއެވެ. "އެރޮނީ ކީއްވެގެންބާވައެވެ! މިހެން ހުއްޓައި ތިމާވެސް މަރުވެދާނެތީ ކަމަށްބިރުންކަމަށްވާނެނަމަ ހާދަރަނގަޅެވެ."  

ރަނގަޅަށް އަޑުއަހާށެވެ!  

ބެލުން ހުއްދަނޫން ތަނެއް ބަލާ މީހުން ފާފަވެރިވާނީ ދެވަނަ ފަހަރަށް ބެލުމުންނެވެ. ފުރަތަމަ ފަހަރަށް ފެނުމަކުން ފާފަވެރިއެއް ނުވާނެއެވެ. ދެވަނަ ފަހަރަށް ބެލުމުން ފާފަވެރިވަނީ ޤަޞްދުގައި ބަލާތީއެވެ.  

އެކަމަކު ހަށިގަނޑުން ފޮރުވަންޖެހޭ ބައި ނުފޮރުވައި ހާމަކޮށް އެންމެންނަށް ދައްކައިގެން އުޅުނީމާ ވާގޮތް އެނގޭ ހެއްޔެވެ؟ ފުރަތަމަ ފަހަރު ފެންނަ ކޮންމެ މީހެއްގެ ބެލުމުންވެސް އެމީހަކު ފާފަވެރިވާނެއެވެ. މިއީ ގައަށް ބާރުކޮށް ހެދުންލާ އަންހެނުންވެސް ވިސްނައި ބިރުގަންނަން ޖެހޭނެ ކަމެކެވެ.  

މިފަދަ ޙާލަތުގައި ބައެއް އަންހެނުން ބުނެއެވެ. "ތަނަކުން މީހަކު ފެނުނިއްޔާ ބަލަްނޖެހޭ ހެއްޔެވެ؟ ތިއަ ބަލަނީ ހިތްގޯސްކަމުންނެވެ!" މިއަދު މިހެން ބުނެ ފުއްދައިލެވިދާނެއެވެ. ނަމަވެސް ޤިޔާމަތް ދުވަހަކު ނުފުދޭނެއެވެ. އެމީހަކު ކުރި ފާފައެއްގެ ޒިންމާ އުފުލަން އެމީހަކަށް ޖެހޭނެއެވެ. އަޢުރަ ނިވާނުކޮށް ހުރީތީ ދެއްވަވާ ޢަޛާބު ޖެހޭނީ ލިބިގަންނާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

މިއަދު އޮންލައިން