ފައިސާ ރައްކާކުރަން ތެދުވެރި އަނބިންނަށްވުރެ މޮޅު ބައަކު ނުތިބޭނެ! އަނބިމީހާ ބުނާވަރަކަށް ފައިސާދެމުން އައި ފިރިއަކަށް ބޮޑު ތަނަވަސްކަމެއް ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 43ސ
ފައިސާ ރައްކާކުރަން ތެދުވެރި އަނބިންނަށްވުރެ މޮޅު ބައަކު ނުތިބޭނެ! އަނބިމީހާ ބުނާވަރަކަށް ފައިސާދެމުން އައި ފިރިއަކަށް ބޮޑު ތަނަވަސްކަމެއް ލިބުނު ގޮތުގެ ވާހަކަ-

ކައިވެނިކޮށް ދެމަފިރިން އެކުގައި އުޅެންފެށީންސުރެ އަނބިމިހާގެ ޚަަރދުތައް ބޮޑުކަން ފާހަގަކުރެވުނެވެ. އަތަށް ފައިސާދޭންޖެހޭވަރު ގިނަކަމުންނެވެ. ނަމަވެސް އަނބިމީހާ އިޝްރާފްނުކުރާތީއާއި ޚިޔާނާތްތެރިކަމެއް ނުފެންނާތީ އަނބިމިހާ ބުނާވަރަކަށް އަތަށް ފައިސާދެއެވެ. އެންމެ ބޮޑަށް ޙައިރާންވާ ކަމަކީ މަސްނިމުމުގެ ކުރިން މުސާރައިން ބޮޑުބައެއް އެކި ގޮތްގޮތުން އަތުލިނަމަވެސް ލިބޭ މުސާރައަށްވުރެ އިތުރަށް ބޭނުންވެގެން ނުބުނާކަމެވެ.  

ކައިވެންޏަށް 5 އަހަރު ފިރިމީހާ އަމިއްލަ ަމސައްކަތެއް ފަށަން ބޭނުންވުމުން ބޭންކުން ލޯނެއް ނަގަން ނިންމައި އަނބިމިހާއާއި މަޝްވަރާކުރުމުން ސުވާލުކުރީ ބޭނުންވަނީ ކިހައިވަރެއްތޯއެވެ؟ ފަސްލައްކަ ރުފިޔާ ކަމަށް ބުނުމުން މަޑުކޮށްލަން ބުނެފައި ކޮޓަރިޢާއިދިމާއަށް ހިނގައި ގަތުމުން ފިރިމީހާ އަނބމީހާއަށް ފާރަލިއެވެ. ހީކުރީ އޭނާގެ މައިންބަފައިންނަށް ގުޅަން އުޅެނީ ކަމަށެވެ.  

ފާރަލިމުން ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ. ގޮދަޑިދަށުންނާއި ވަތްގަނޑުތަކުގެ އަޑިންނާއި ފުޅިފުޅިން ފަދަ އެއްޗެތިން ފައިސާނަގާތަނެވެ. ނެގި ފައިސާތައް ކޮތަޅަކަށް އަޅައިގެން ސިޓީންގރޫމަށް އައިސް ދެމަފިރިން އެކުގައި ތިބެގެން ގުޅައިލުމުން ހަމަވީ ހަތަރުލައްކަ ރުފިޔާއެވެ. މިއީ ކޮންގޮތަކުން ހޯދި ފައިސާތަކެއްތޯ ސުވާލުކުރުމުން އަނބިމީހާ ބުނީ އެއީ ބުނެވެން ނެތް ސިއްރެއް ކަމަށެވެ. ފަސްލަކަ ރުފިޔާގެ ލޯނަކުން ފަށަން އުޅޭ މަސައްކަތެއް ހަތަރުލައްކަ ރުފިޔާއިން ފަށައިގަނެވޭނެ ކަމަށާއި އެމަސައްކަތް އަވަހަށް ފެށުމަށެވެ.  

އެހެންބުނުމުންވެސް ފިރިމީހާ ހިތްހަމަނުޖެހި ސުވާލުތައް ކުރަން ފެށުމުން ފިރިމީހާ ކޮސްފާނެ ނުބައި ތުހުމަތަކުން ސަލާމަތްވުމަށްޓަކައި ޙަޤީޤަތް ކިޔައިދިނެވެ. "ކަލާއަކީ އަތުގައި ފައިށާ ހުރިނަމަ އެކުވެރިން ބުނާއިރަށް ފައިސާދޭ މީހެއްކަން އެނގޭތީ ފުރަތަމަ ދުވަހުން ފެށިގެން ގޭގެ ޚަރަދުތަކަށް ފައިސާ އަތުލަމުންއައީ ބޭނުންވާވަރަށްވުރެ އިތުރަށެވެ. އެކަމަކު ޚަރަދުތައް ކުރީ އެންމެ ކުޑަކޮށް ފުއްދޭނެ ވަރަށެވެ. އިތުރުވާ ބައި މިއައީ ރައްކާކުރަމުންނެވެ. ތިއައީ އެއްވެސް މީހަކު ދީފައި ހުރި ފައިސާއެއް ނޫނެވެ. ހަމަ ކަލާގެ އަތުން ހޯދާފައި ހުރި ފައިސާއެވެ."  

ބުނާނެ އެއްޗެއްވެސް ފިރިމީހާއަކަށް ނުވިސްނުނެވެ. ޝުކުރުވެރިވާން ބޭނުންކުރާނެ ޢިބާރާތެއްވެސް ނުވިސްނުނެވެ. އިރުކޮޅަކު ވިސްނަން އިނދެފައި ބުންޏެވެ! "ކަލާގެ ޚަރަދުތައް ބޮޑުކަން ފާހަގަ ކުރެވުނެވެ. ފައިސާ އަތުލަނީ މާގިނައިންކަންވެސް ފާހަގަކުރެވުނެވެ. އެކަމަކު ކަލާގެ ކިބައިން އިޝްރާފް ކުރުމެއް އަދި އެހެންވެސް ނުރަނގަޅު ސިފައެއް ނުފެންނާތީ ބުނާވަރަކަށް ފައިސާދެމުން އައީއެވެ. ހެޔޮލަފާ އަނބިންނަށް އިތުބާރުކުރުމަކީވެސް ރިޒުޤް ތަނަވަސްކުރައްވަވާ ކަމަކަށްވާތީ އަބަދުވެސް މިހުރީ ﷲ ގެ ރަޙްމަތަށް އިތުބާރުކޮށްގެންނެވެ. މިއަދު މިފެނުނީ އެކަމުގެ ނަތީޖާއެވެ. ވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ. ކުންފުނީގެ ފައިނޭންޝަލް ކޮންޓްރޯލަރުކަން ކަލާއަށެވެ. މަސައްކަތް ހިންގުން އަހުރެންނަށެވެ. ކުންފުނި ރަޖިސްޓްރީކުރާނީ ދެމީހުންގެ ނަމުގައެވެ. ކުންފުނީގެ ކެޕިޓަލަކަށް މިވީ އަހުރެންގެ ފައިށާ ނަމަވެސް ކަލާގެ ފައިސާއެވެ. ވީމާ އެންމެ އިންޞާފުވެރި ގޮތަކަށްވާނީ މިގޮތެވެ."  

އެވިޔަފާރި ކުރިއަރައިގެން ގޮސް ދެމަފިރިންގެ އަމިއްލަ 3 ފިހާރަ މިހާރު އެބަހުއްޓެވެ. 4 ލައްކައިން ކުރަން ފެށި ވިޔަފާރީގެ ކެޕިޓަލް މިހާރު 4 މިލިއަނަށްވުރެ މަތިވާނެއެވެ.  

އަޅުގަނޑު އުންމީދުކުރަނީ އަޅުގަނޑުގެ އެކުވެރި ފާއިޒާގެ މިވާހަކަކޮޅުން ފިރިންނަށާއި ޢަނބިންނަށް އަގުހުރި ފިލާވަޅަކަށްވާނެ ކަމަށެވެ. ހެޔޮލަފާ އަންތބެއްގެ ބަސް ޤަބޫލުކޮށްފި ފިރިންނަށް މިފަދަ ބޮޑެތި ކާމިޔާބީތައް ލިބިފައިހުރީ މަދަކުން ނޫނެވެ.

 

- ޝެލީ / މިއަދުނޫހުގެ ކިޔުންތެރިއެއް  

- ޢިބްރަތްތެރި ވާހަކަ

 

 

 

 

 

މިއަދު އޮންލައިން