ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޖެނަރަލް ޕްރެކްޓިސްގެ ކްލިނިކެއް ތަރައްޤީކުރުމަށް ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޖެނަރަލް ޕްރެކްޓިސްގެ ކްލިނިކެއް ތަރައްޤީކުރުމަށް ނިންމައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތްތައް ފަސޭހަކޮށްދިނުމުގެ ގޮތުން، އެ ސަރަޙައްދުގައި އާބަން ޕްރައިމަރީ ހެލްތު ކެއަރ ނުވަތަ ޖެނަރަލް ޕްރެކްޓިސް (ޖީޕީ) ގެ ކްލިނިކެއް ތަރައްޤީކުރުމަށް ނިންމައިފިއެވެ. މި ކްލިނިކް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހުޅުމާލެ ހޮސްޕިޓަލާއި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން ޖީޕީ ކްލިނިކް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4،000 ފުލެޓުގެ ތެރެއިން އަމާން އުދަރެހުގެ ޓަވަރެއްގައެވެ. މިއީ އެ ސަރަޙައްދުގައި ދިރިއުޅޭ އެތައް ހާސް ރައްޔިތުންނަށް ޕްރައިމަރީ ޞިއްޙީ ޚިދުމަތްތައް ލިބޭނެ މަގެއް ހުޅުވިގެންދާނެ މުހިންމު ފިޔަވަޅެކެވެ.

ޖީޕީ ކްލިނިކް ތަރައްޤީކުރުމަށް ހުޅުމާލޭ ހޮސްޕިޓަލާއި އެފްޑީސީއާ ދެެމެދު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން އާބަން ޕްރައިމަރީ ހެލްތު ކެއަރ ކްލިނިކެއް އަމާން އުދަރެސް ޓަވަރު ހަޔެއްގައި ތަރައްޤީކުރެވޭނެކަމަށެވެ. މި ކްލިނިކް ޤާއިމުވުމުން ދެވަނަ ފިޔަވަހީގެ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތްތައް ހޯދުމަށް ދަތުރުކުރަންޖެހޭ މިންވަރު ކުޑަވެ، ފަސޭހަވާނެއެވެ.

މި މަޝްރޫޢަކީ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ އާބާދީގެ ޞިއްޙީ ބޭނުންތަކަށް ހައްލެއް ހޯދައިދިނުމަށް އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މި ކްލިނިކްގެ މަސައްކަތް ނިމި، ޚިދުމަތް ދޭން ފެށުމުން، ޢާއްމު ބަލިތަކަށް ފަރުވާ ހޯދުމަށް ދެން އެހާ ދުރަށް ދާން ނުޖެހޭނެއެވެ.

މިއަދު އޮންލައިން