ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ބިލެއް މަޖިލީހަށް ފޮނުއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ބިލެއް މަޖިލީހަށް ފޮނުއްވައިފި

ރާއްޖޭގައި ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި، ދިވެހިރާއްޖޭގެ ޤާނޫނުލް ޢުގޫބާތަށް އިސްލާޙު ގެނައުމުގެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

މި ބިލަކީ ރާއްޖޭގައި އިތުރުވަމުންދާ ޖުވާގެ މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުން އަޅުއްވާފައިވާ މުހިންމު ފިޔަވަޅެކެވެ.

ރައީސް މުޢިއްޒު މިކަން ހާމަކުރެއްވީ އެމަނިކުފާނުގެ ރަސްމީ އެކްސް (ކުރީގެ ޓްވިޓަރ) އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ، ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ޤާނޫނުލް ޢުގޫބާތަށް އިސްލާޙު ގެނައުމުގެ ބިލެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާނެ ކަމަށެވެ. މި އިސްލާޙުތަކުގެ ސަބަބުން ޖުވާ ކުޅުމުގެ ޢަމަލުތަކަށް ދޭ އަދަބު ހަރުކަށިވެގެން ދާނެ ކަމަށް ބެލެވެއެވެ.

ރާއްޖޭގައި ބައިނަލްއަޤްވާމީ އެޕްލިކޭޝަންތައް ބޭނުންކޮށްގެން ގިނަ އަދަދެއްގެ ދިވެހިން ޖުވާ ކުޅޭކަން ވަނީ ފާހަގަކުރެވފައެވެ. މިފަދަ އޮންލައިން ޖުވާތަކުގެ ސަބަބުން އާއިލާތަކަށާއި، އިޤްތިޞާދީ ގޮތުން ގިނަ ގެއްލުންތަކެއް ލިބެމުންދާ ކަމަށް ވެއެވެ. މި ބިލުގެ މަޤްޞަދަކީ، މިފަދަ ޢަމަލުތައް ހުއްޓުވައި، ދިވެހި މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑު ރައްކާތެރިކުރުމެވެ.

މި ބިލު މަޖިލީހުން ފާސްވެ ޤާނޫނަކަށް ވެއްޖެނަމަ، ޖުވާ ކުޅޭ ފަރާތްތަކާއި، ޖުވާ ކުޅޭ ތަންތަން ހިންގާ ފަރާތްތަކަށް ޤާނޫނީ ގޮތުން ވަރަށް ބޮޑެތި އަދަބުތައް އަންނާނެއެވެ. 

މިއަދު އޮންލައިން