ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް އަޙްމަދު ޝަކީބު އައްޔަނު ކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް އަޙްމަދު ޝަކީބު އައްޔަނު ކުރައްވައިފި

ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިންގ ޑިރެކްޓަރ (އެމްޑީ) ގެ މަޤާމަށް އަޙްމަދު ޝަކީބު އައްޔަނު ކުރައްވައިފިއެވެ. މި މަޤާމަށް އޭނާ އައްޔަނު ކުރެއްވީ ކުރިން އެ މަޤާމުގައި ހުންނެވި އިބްރާހިމް ނަސްރީން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މިކަން ހާމަކުރައްވާފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިންނެވެ. ޕީސީބީން ވިދާޅުވީ، ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް ދަފްތަރު ނަންބަރު ރސ 6886 އަޙްމަދު ޝަކީބު އައްޔަނު ކުރައްވާފައިވާ ކަމަށެވެ.

ޝަކީބު ޕީއެސްއެމްގެ އެމްޑީ ކަމަށް އައްޔަނު ކުރެއްވުމާއެކު، ޕީއެސްއެމްގެ އިސްވެރިޔާގެ މަޤާމަށް އައީ ބޮޑު ބަދަލެކެވެ. ކުރީގެ އެމްޑީ އިބްރާހިމް ނަސްރީން އިސްތިއުފާ ދެއްވުމަށްފަހު އެ މަޤާމު ހުސްވެފައިވަނިކޮށް، ޝަކީބު މިވަނީ އެ ޒިންމާ ހަވާލުވެވަޑައިގެންފައެވެ.

އަޙްމަދު ޝަކީބަކީ މީޑިއާ ދާއިރާއަށް އަލަށް ތަޢާރަފުވެގެން އައި ބޭފުޅެއް ނޫނެވެ. އޭނާއަކީ ތަޢުލީމީ ދާއިރާއާއި، ޚާއްސަކޮށް ޕްރެޒެންޓިންގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާގެ ތަޖުރިބާގެ އަލީގައި، ޕީއެސްއެމްގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން