ލޯކަލް ކައުންސިލްތަކަށް އަމާޒުކޮށްގެން ބޭއްވި އިންޓަރނަލް އޮޑިޓް ކޮންފަރެންސް ކާމިޔާބު ކަމާއެކު ނިންމާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
ލޯކަލް ކައުންސިލްތަކަށް އަމާޒުކޮށްގެން ބޭއްވި އިންޓަރނަލް އޮޑިޓް ކޮންފަރެންސް ކާމިޔާބު ކަމާއެކު ނިންމާލައިފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއި އިންޓަރނަލް އޮޑިޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އައިއޭއޭ) ގުޅިގެން ލޯކަލް ކައުންސިލްތަކަށް އަމާޒުކޮށްގެން ބޭއްވި އިންޓަރނަލް އޮޑިޓް ކޮންފަރެންސް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

މި ކޮންފަރެންސްގެ މައިގަނޑު މަޤުސަދަކީ ކައުންސިލްތަކުގެ އިންޓަރނަލް އޮޑިޓް ނިޒާމު ހަރުދަނާކުރުމާއި، އަލަށް ޢައްޔަންކުރެވޭ އޮޑިޓަރުންނަށް ބޭނުންވާ މައުލޫމާތާއި ހުނަރު ފޯރުކޮށްދިނުމެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ކޮންފަރެންސްގައި ޖުމްލަ 47 ބައިވެރިން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި ފިނޭންސް މިނިސްޓްރީގެ ބޭފުޅުންނާއި، އެކި ކައުންސިލްތަކުގެ ބޭފުޅުން ހިމެނެއެވެ. ބައިވެރިން ވަނީ އިންޓަރނަލް އޮޑިޓްކުރުމާ ގުޅޭ ގިނަ ކަންކަމާ ބެހޭގޮތުން މަޝްވަރާކޮށް، ތަޖުރިބާ ބަދަލުކޮށްފައެވެ. މި ކޮންފަރެންސްގެ ޝިޢާރަކީ ''ސްޓްރެންތިން ގަވަރނަންސް: އިންޓްރޮޑިއުސިންގ އިންޓަރނަލް އޮޑިޓް ފޯ އިފެކްޓިން ކައުންސިލް އޯވަރސައިޓް'' އެވެ.

މި ކޮންފަރެންސަކީ ޚާއްޞަކޮށް ކައުންސިލްތަކުގެ އިންޓަރނަލް އޮޑިޓަރުންނަށް އަމާޒުކޮށްގެން ބޭއްވުނު ފުރަތަމަ ފޯރަމްކަން ފާހަގަކޮށްލެވެއެވެ. މިފަދަ ފޯރަމެއް ބޭއްވުމުގެ އެއް މަޤުސަދަކީ އަލަށް އައްޔަންކުރެވޭ އޮޑިޓަރުންނަށް މައުލޫމާތު ދިނުމުގެ އިތުރުން، އެމީހުންގެ ހުނަރާއި، އަމަލީ ޤާބިލުކަން އިތުރުކުރުމެވެ. މިކަމުގެ ސަބަބުން ކައުންސިލްތަކުގެ މަސައްކަތްތައް ހަރުދަނާކޮށް، އިތުބާރު ހިފޭނެ ގޮތަކަށް ކުރިއަށް ގެންދިއުމަށް އެހީތެރިވެދޭނެއެވެ.

އެލްޖީއޭ އާއި އައިއޭއޭ އިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ފޯރަމަކީ ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފޯރަމެކެވެ. ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ފޯރަމްތައް ބާއްވައިގެން ކައުންސިލްތަކުގެ އިންޓަރނަލް އޮޑިޓް ނިޒާމު އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް ކުރަމުންދާނެއެވެ.

މިއަދު އޮންލައިން