ނޮޅިވަރަމް ޞިއްޙީ މަރުކަޒުގައި ދަތުގެ ފަރުވާ އާއި އެކްސްރޭގެ ޚިދުމަތް ފެށުމަށް ބޭނުންވާ އިމާރާތުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ނޮޅިވަރަމް ޞިއްޙީ މަރުކަޒުގައި ދަތުގެ ފަރުވާ އާއި އެކްސްރޭގެ ޚިދުމަތް ފެށުމަށް ބޭނުންވާ އިމާރާތުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފި

ހދ. ނޮޅިވަރަމް ޞިއްޙީ މަރުކަޒުގައި ދަތުގެ ފަރުވާ އާއި އެކްސްރޭގެ ޚިދުމަތް ފެށުމަށް ބޭނުންވާ އިމާރާތް ތަރައްޤީ ކުރުމުގެ މަސައްކަތް، އެލްއެމްއޭ އިންވެސްޓްމަންޓްސް އާއި ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަށުގައި ދިރިއުޅޭ ތިންހާހެއްހާ މީހުންނަށް އިތުރަށް ރަނގަޅު ކުރުމުގެ މަޤްސަދުގައެވެ.

ޞިއްޙީ ވުޒާރާގެ ފަރާތުން މި މަސައްކަތް އެލްއެމްއޭ އިންވެސްޓްމަންޓްސް އާއި ހަވާލުކޮށްފައިވަނީ 1.7 މިލިޔަން ރުފިޔާއަށެވެ. އެއްބަސްވުމުގައިވާ ގޮތުން މި މަސައްކަތް ނިންމުމަށް ކުންފުންޏަށް ލިބިފައިވަނީ 6 މަސް ދުވަހުގެ މުއްދަތެކެވެ. މި މަޝްރޫޢުގެ ދަށުން ނޮޅިވަރަމް ޞިއްޙީ މަރުކަޒުގައި ހަދާ އިމާރާތުގައި ޑެންޓަލް ރޫމަކާއި، އެކްސްރޭ ރޫމެއްގެ އިތުރުން ކޮންސަލްޓޭޝަން ރޫމެއްވެސް ހިމެނޭނެއެވެ.

މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ޞިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޝަރީފެވެ. އަދި އެލްއެމްއޭ އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މޫސާ ނަޒްމީއެވެ. މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފައެވެ.

މި މަޝްރޫޢުގެ ސަބަބުން ނޮޅިވަރަމް ރައްޔިތުންނަށް ދަތުގެ ފަރުވާ އާއި އެކްސްރޭގެ ޚިދުމަތް ރަށުން ލިބިގެންދާނެއެވެ. މިއީ ރަށުގެ ޞިއްޙީ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މިއަދު އޮންލައިން