ޞިއްޙަތަށް އެންމެ ބޮޑު ފައިދާއެއް ލިބޭ ބަކަރިކިރުގެ މީރު އުފެއްދުންތައް މިހާރު އުފަންވެލި ޝޮޕްތަކުން ހެޔޮއަގުގަ ލިބެން ހުންނާނެ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
ޞިއްޙަތަށް އެންމެ ބޮޑު ފައިދާއެއް ލިބޭ ބަކަރިކިރުގެ މީރު އުފެއްދުންތައް މިހާރު އުފަންވެލި ޝޮޕްތަކުން ހެޔޮއަގުގަ ލިބެން ހުންނާނެ!

ޞިއްޙަތަށް އެންމެ ބޮޑު ފައިދާއެއް ލބޭ ބަކަރިކިރުގެ މީރު އުފެއްދުންތައް މިހާރއުފަންވެލި ޝޮޕްތަކަށް އިތުރުކޮށް ވިއްކަން ފަށައިފިއެވެ. 

ކަޕްރާ މަރުކާގެ އޮރިޖިނަލް ރަހައިގެ ބަކަރިކިރުގެ އިތުރުން ޗޮކްލެޓް، އާމަންޑް އަދި ކޮފީ ފްލޭވަރވެސް ގެންދަނީ ވިއްކަމުންނެވެ. 

އޮރިޖިނަލް ކިރު ފުޅިއެއް ވިއްކަނީ 30 ރުފިޔާއަށެވެ. 12 ފުޅީގެ ކޭހެއް ވިއްކަނީ 335 ރުފިޔާޢަށެވެ. 

ޗޮކްލެޓް، އާމަންޑް އަދި ކޮފީ ފްލޭވަރ ފުޅިއެއް ވިއްކަނީ ފުޅިއެއް 35 ރުފިޔާއަށެވެ. 12 ފުޅީގެ ކޭހެއް 390 ރުފިޔާޢަށެވެ. 

________________________________

ބަކަރި ކިރަކީ ހަޖަމުގެ ނިޒާމް އަށް ލުއި، ހަށިގަނޑަށް ބޭނުންވާ ފައިދާހުރި ބައިތައް ގިނަ، އަދި ފަސޭހައިން ހަޖަމުވާ ބާވަތެކެވެ.

ބަކަރިކިރުގައި ޕްރޯޓީން، ފެޓް އަދި ލެކްޓޯސް ހިމެނެނީ މައިމީހާގެ ކިރުގައި މިބާވަތްތައް އެކުލެވޭ މިންވަރާ ދާދި އެއްވަރަށެވެ. އެހެންކަމުން ބަކަރިކިރު ހަށިގަނޑަށް ނަގައިގަނެ، ހަޖަމުވެ، އަދި އޭގެ ފައިދާ ލިބޭލެއް ފަސޭހަވެއެވެ. 

ބަކަރި ކިރަކީ ގުދްރަރީ ގޮތުން އޭގައި ފައިދާހުރި ބައިތައް ވަރަށް ބޮޑަށް އެކުލެވޭ ބާވަތެކެވެ.

ބަކަރި ކިރުގައި ހަޖަމުވާން ފަސޭހަ ޕްރޯޓީންގެ ބައިތައް،ފައިދާހުރި ފެޓް ގެ ބައިތައް، އިންސާނުންގެ ކިރުގައި ހިމެނޭވަރާގާތަށް އޮލިގޯ ސެކަރައިޑްސް، ބަޔޯ އޯގަނިކް މިނަރަލް ގެ ބައިތައް އަދި އިލެކްޓްރޮލައިޓްސް ހިމެނެއެވެ. 

ބަކަރިކިރު ބޭނުން ކުރުމުން އެލާޖިކް ވުމުގެ މައްސަލަ ކުރިމަތިލާލެއް ކުޑައެވެ. 

ބަކަރި ކިރަކީ ތަފާތު ކެއުމުގެ ބާވަތްތައް ބޭނުން ކުރުމުން ބަނޑުގެ އުނދަގޫތައް ކުރިމަތިވާ ފަރާތްތަކުން ބޭނުން ކުރުމަށް ވަރަށް ރަނގަޅު ކިރެކެވެ.  

ތިޔަ ހޯއްދަވަނީ ހަށިގަނޑަށް ފައިދާހުރިބައިތައް ގިނަ، ނޭދެވޭ އަސަރު ކުޑަވާނެ ކިރުގެ ބާވަތެއްތޯ؟ ބަކަރިކިރަކީ ތިޔަކަމަށް އޮތް ޖަވާބެވެ.

 

މިއަދު އޮންލައިން