ހުޅުމާލޭގެ މަގުތަކުގައި ހުރި ސްޕީޑް ބްރޭކަރުތައް ނަގައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
ހުޅުމާލޭގެ މަގުތަކުގައި ހުރި ސްޕީޑް ބްރޭކަރުތައް ނަގައިފި

އާންމުންގެ ފަރާތުން ބޮޑެތި ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމާ ގުޅިގެން، ހުޅުމާލޭގެ މަގުތަކުގައި ހަރުކޮށްފައިވާ ސްޕީޑް ބްރޭކަރުތައް ނަގާފައިވާ ކަމަށް އެނގިއްޖެއެވެ. މި ބްރޭކަރުތަކަކީ ދުއްވާ ފަރާތްތަކަށް ވަރަށް ބޮޑަށް އުނދަގޫވާ އެއްޗެއް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ޝަކުވާކޮށްފައެވެ.

މި ސްޕީޑް ބްރޭކަރުތަކާ ގުޅޭގޮތުން އާންމުންގެ އެތައް ބަޔަކު ދިޔައީ ޝަކުވާ ކުރަމުންނެވެ. މީސްމީޑިއާގެ އެކި މަންސަތަކާއި، އާންމު ބައްދަލުވުންތަކުގައި ވެސް ރައްޔިތުންގެ މި ކަންބޮޑުވުންތައް ވަނީ ހުށަހަޅާފައެވެ. އެގޮތުން، ބްރޭކަރުތައް އުސްކޮށް އަދި ހަނިކޮށް ހެދުމުގެ ސަބަބުން މަޑުން ފޭބިއަސް ވެހިކަލްގައި ތިބޭ މީހުންގެ ގައިގެ އެކި ތަންތަނަށް ތަދުވާ ކަމަށް ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ. ދާދި ފަހުން މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ އެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭއްވެވި ބައްދަލުވުންތަކުގައި ވެސް މި ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.

މި ބްރޭކަރުތައް ހަރުކުރެވުނީ މިދިޔަ ސެޕްޓެމްބަރު މަހު، ހައުސިންގް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގެ 1 ވަނަ އަދި 2 ވަނަ ފިޔަވައްސަށް ޚާއްސަކޮށްގެންނެވެ. އެޗްޑީސީން ބުނެފައިވާ ގޮތުގައި، މި މަސައްކަތުގެ ބޭނުމަކީ ރާއްޖޭގައި އެކްސިޑެންޓްތަކުގެ އަދަދު އިތުރުވުމާއި، ކާރުބާރުބޮޑުވުމާ ގުޅިގެން ދުއްވާ ފަރާތްތަކުގެ ސްޕީޑް ދަށްކޮށް، މަގުތައް އެންމެންނަށް ރައްކާތެރި ތަނަކަށް ހެދުމެވެ. ހުޅުމާލޭގައި ތިރީހަށްވުރެން ގިނަ ސްޕީޑް ބްރޭކަރު ހަރުކޮށްފައިވެއެވެ.

ނަމަވެސް، އާންމުންގެ ޝަކުވާތައް ބޮޑުވެ، އެކަމަށް ހައްލެއް ހޯދައިދިނުމަށް އެދި ގިނަ ބަޔަކު އަޑުއުފުލުމާ ގުޅިގެން، މި ބްރޭކަރުތައް ނެގުމުގެ ނިންމުން ވަނީ ނިންމާފައެވެ. މިކަމުގެ ސަބަބުން ހުޅުމާލޭގެ މަގުތަކުގައި ދުއްވުމަށް ދިމާވި އުނދަގޫތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން