މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ދުވާފަރުގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 36ސ
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ދުވާފަރުގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފި

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މި ވުޒާރާއާއި މިފްކޯ އަދި ދުވާފަރު ކައުންސިލުން ގުޅިގެން ކުޑަކުދިންގެ ހަވީރެއް އިއްޔެ ބާއްވާފައެވެ.

ކުޑަކުދިންގެ ހަވީރު، ވަޒީރު އަހުމަދު ޝިޔާމް އާއި މިފްކޯގެ ސީއީއީ ފަރުހަތު ޝަހީރުގެ އިތުރުން ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ ވަނީ ބައްލަވާލައްވާފައެވެ.

ކުޑަކުދިންގެ ހަވީރު ކުރިއަށްގެންގޮސްފައި ވަނީ މިއަދު ހަވީރު 16:00 އިން އިރުއޮއްސި 18:00 އަށް ދުވާފަރު ފުޓުބޯޅަ ދަނޑު ސަރަހައްދުގައެވެ. މި ކުޑަކުދިންގެ ހަވީރުގައި ދުވާފަރުގެ ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވެފައިވެއެވެ.

މި ކުޑަކުދިންގެ ހަވީރުގައި ކުދަކުދިން ޝައުގުވެރިވާފަދަ މަޖާ ހަރަކާތްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން