ދުވާފަރު ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ރައީސް ހުޅުއްވައިދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ދުވާފަރު ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ރައީސް ހުޅުއްވައިދެއްވައިފި

ރ. ދުވާފަރު ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. މި އައު އިމާރާތާއެކު ދުވާފަރުގެ ރައްޔިތުންނަށް ކުރިން ނުލިބޭ ގިނަ އަދަދެއްގެ ޞިއްޙީ ޚިދުމަތްތައް ލިބިގެންދާނެއެވެ.

މި އިމާރާތް ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދުވާފަރަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެކަމަށް ޚާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތުގައެވެ. އިމާރާތް ހުޅުވައިދެއްވުމަށްފަހު ރައީސް ވަނީ އެ އިމާރާތުގެ އެކި ބައިތައް ވަޑައިގެން ބައްލަވާލައްވާފައެވެ.

އައު ޞިއްޙީ މަރުކަޒާއެކު މިހާރު ޤާއިމްކުރެވިފައިވާ ޚިދުމަތްތަކުގެ ތެރޭގައި ކުއްލި ހާލަތްތަކުގައި އަވަސް ފަރުވާދޭނެ ޒަމާނީ އިމަރޖެންސީ ރޫމަކާއި، އެކްސްރޭގެ ޚިދުމަތް އަދި ދަތުގެ ޚާއްސަ ޑޮކްޓަރުގެ ޚިދުމަތް ހިމެނެއެވެ. މިއީ ދުވާފަރުގެ ރައްޔިތުންނަށް ޞިއްޙީގޮތުން ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވަނީ މި މަރުކަޒުގައި އަލްޓްރާ ސައުންޑް ސްކޭންގެ ޚިދުމަތްވެސް ވަރަށް އަވަހަށް ޤާއިމްކުރެވޭނެކަމަށް ވިދާޅުވެފައެވެ. މި ޚިދުމަތްތަކާއެކު ރ. ދުވާފަރުގެ ރައްޔިތުންނަށް ރަށުން ބޭރަށް ދާންނުޖެހި ގިނަ ޞިއްޙީ ފަރުވާތައް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން