ދީނީ އިޖްތިމާޢީ ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
ދީނީ އިޖްތިމާޢީ ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން ފަށައިފި

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހަރަކާތްތެރިވާ ދީނީ އިޖުތިމާޢީ ޖަމްޢިއްޔާތަކާއެކު، ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން ފަށައިފިއެވެ.

ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން ފެއްޓެވުމަށް މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، މިފަދަ ބައްދަލުވުމަކުން ދީނީ އެތައް ޖަމްޢިއްޔާތަކާއި ބައްދަލުވުމަކީ އުފާ ކުރައްވާކަމެއްކަމަށާއި، ރާއްޖޭގެ ދީނީ ދަޢުވަތުގެ ކަންކަން އެންމެ ފުރިހަމައަށް ކުރިއަށް ގެންދެވޭނީ ވުޒާރާއާއި ޖަމްޢިއްޔާތައް ގުޅިގެން މަސައްކަތް ކުރައްވައިގެން ކަމަށެވެ.

މި ބައްދަލުވުމުގައި ޖަމްޢިއްޔާތަކާއި ގުޅޭ މުހިއްމު ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާކުރުމާއި، ޕެނަލިސްޓުންގެ ވާހަކަފުޅު ދެއްކެވުން ހިމެނެއެވެ.

މި ބައްދަލުވުމުގެ ތެރެއިން ރާއްޖޭގެ ދަޢުވަތުގެ މައިދާނުގައި ހަރަކާތްތެރިވާ ބައެއް ބޮޑެތި ޖަމްޢިއްޔާތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ހިއްސާކުރުމާއި، ޖަމްޢިއްޔާތަކުން ދަޢުވަތުގެ ކަންކަމުގައި ޚިޔާލު ހުށައެޅުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން