"ރަހަވަރު"ގެ ނަމުގެ ހައްސަ ކެއްކުމުގެ މުބާރާތެއް ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
"ރަހަވަރު"ގެ ނަމުގެ ހައްސަ ކެއްކުމުގެ މުބާރާތެއް ބާއްވައިފި

މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން "ރަހަވަރު"ގެ ނަމުގެ ހައްސަ ކެއްކުމުގެ މުބާރާތެއް މިއަދު ވަނީ ބާއްވައިފިއެވެ.

ރަހަވަރު މުބާރާތް ކުރިއަށް ދިޔަ ވަގުތު ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ވަނީ މުބާރާތް ކުރިއަށްދިޔަ ގޮތް ބައްލަވާލައްވާފައެވެ.

މި ކެއްކުމުގެ މުބާރާތް ކުރިއަށްގެނގޮސްފައި ވަނީ މުޅި ރ އަތޮޅަސް ހުޅުވަލައިގެންނެވެ. ރަހަވަރު ކެއްކުމުގެ މުބާރަތުގައި ރ އަތޮޅުގެ ގިނަ އަދަދެއްގެ އަންހެން އަދި ފިރިހެނުން ވަނީ ބައިވެރިވެފައެވެ.

މި ކެއްކުމުގެ މުބާރާތުގެ މަގްސަދަކީ ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމަށް މަސްވެރިކަމުން ހިއްސާކުރާ މިންވަރު ފާހަގަކުރުމާއި ދިވެހީންގެ ކެއުން ބުއިމުގެ އާދަކާދަތަކަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ތަފާތު އައު ބާވަތްތަކުގެ މަހުގެ އުފެއްދުންތައް އުފައްދާ ބޭނުންކުރުމުގެ މުހިންމުކަން ދައްކުވައިދިނުމެވެ.

މުބާރާތުގައި އެއް ވަނަ އަށް ގޮސްފައިވަނީ ޓީމް ގޯލްޑް ފިޝް

ދެ ވަނަ އަށް ގޮސްފައި ވަނީ ޓީމް ރެހެންދީ އަދި ތިން ވަނަ އަށް ގޮސްފައި ވަނީ ޓީމް މަސްރޯދި.

ވަނަ ވަނަ އަށް ދިޔަ ޓީމް ތަކަށް އިނާމު ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ އަހުމަދު އެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން