މިފްކޯ އިން "މަސް ކިރާ"ގެ ނަމުގައި ހާއްސަ އެޕްލިކޭޝަނެއް އިފްތިތާޙުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
މިފްކޯ އިން "މަސް ކިރާ"ގެ ނަމުގައި ހާއްސަ އެޕްލިކޭޝަނެއް އިފްތިތާޙުކޮށްފި

މަސްވެރިންގެ ކަންކަން އިތުރަށް ފަސޭހަކުރުމުގެ ގޮތުން، މޯލްޑިވްސް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން "މަސް ކިރާ"ގެ ނަމުގައި ހާއްސަ އެޕްލިކޭޝަނެއް އިފްތިތާޙުކޮށްފިއެވެ. މި އެޕްލިކޭޝަން އިފްތިތާޙުކޮށްދެއްވީ 45 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ޞިއްޙީ ވަޒީރު އަބްދުﷲ ނާޠިމް އިބްރާޙީމްއެވެ.

މިފްކޯއިން ވިދާޅުވި ގޮތުގައި، "މަސްކިރާ" އެޕްލިކޭޝަނަކީ މަސްވެރިން މަސްކިރަން ދާއިރު، އެހެން ބައެއްގެ ބައިވެރިވުމެއް ނެތި، އޮޓޯ ޖެނެރޭޓް ކުރެވޭ ކިއޫ ނަންބަރެއް ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ އެޕެކެވެ. މީގެ އިތުރުން މަސްވެރިންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ގޮތަށް މި އެޕްލިކޭޝަންގައި ވަނީ ފީޗާސްތައް ހިމަނާފައެވެ.

މި އެޕްލިކޭޝަން ތަޢާރަފުކުރެވުނީ "ކެޔޮޅާ މޯލްޑިވްސް"ގެ ރައީސާ ޝަފްގާ ޝަފީގުގެ ކޮންސެޕްޓަކަށް ފަރުމާކޮށް، މިފްކޯއާ ގުޅިގެންނެވެ. މިފްކޯއިން ފާހަގަކުރެއްވި ގޮތުގައި، މި އެޕް ތައްޔާރުކުރުމުގައި ފުޅާ ދާއިރާއެއްގައި މަސްވެރިންގެ ޚިޔާލާއި މަޝްވަރާވެސް ވަނީ ހޯދާފައެވެ. މިކަމުގެ ސަބަބުން މަސްވެރިންގެ ބޭނުންތަކަށް އެންމެ އެކަށޭނަ ހައްލެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި އެޕްލިކޭޝަންގެ މުހިންމު ފަސޭހަތަކުގެ ތެރޭގައި މަސްވެރިންނަށް އެމީހުންގެ ދޯނި ރަޖިސްޓްރީކުރުމުގެ ފުރުސަތު މި އެޕްލިކޭޝަންގެ ތެރެއިން ލިބިގެންދިއުން ހިމެނެއެވެ. މިފަދަ ޒަމާނީ ހައްލެއް ތަޢާރަފުކުރުމަކީ މަސްވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، މަސްވެރިންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށް މިފްކޯއިން އެޅި މުހިންމު ފިޔަވަޅެކެވެ.

މިއަދު އޮންލައިން