ޔޫތު ހެކަތޯން 2025 ކާމިޔާބުކަމާއެކު ނިންމާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
ޔޫތު ހެކަތޯން 2025 ކާމިޔާބުކަމާއެކު ނިންމާލައިފި

ކޯޑިން ދާއިރާއަށް ޝައުޤުވެރިވާ ޒުވާނުންނަށް ޚާއްސަކޮށްގެން ބޭއްވި ޔޫތު ހެކަތޯން 2025 ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ޖުމްލަ 85 ޒުވާނަކު ބައިވެރިވެފައިވެއެވެ. މި ހެކަތޯނަކީ ޒުވާނުންގެ މެދުގައި އީޖާދީ ޙައްލުތައް ހޯދުމާއި، ޓެކްނޮލޮޖީގެ ދާއިރާގައި ކުރިއެރުން ހޯދުމަށް ބާރުއަޅާ ހަރަކާތެކެވެ.

މި ހަރަކާތުގައި ބައިވެރިވި ޓީމްތަކުން ވަނީ ތަފާތު ހަތަރު ޓީމެޓިކް އޭރިއާއަކަށް އަމާޒުކޮށްގެން، އީޖާދީ ޕިޗްތައް ނުވަތަ ހުށައެޅުންތައް ހުށަހަޅާފައެވެ. މި ހުށައެޅުންތަކަކީ ޒަމާނީ މައްސަލަތަކަށް ޑިޖިޓަލް ޙައްލުތައް ހޯދުމުގެ މަޤްސަދުގައި ތައްޔާރުކުރެވުނު ހުށައެޅުންތަކެކެވެ.

ޔޫތު ހެކަތޯން 2025 ނިންމުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ވަނަ ހޯދި ޓީމްތަކަށް ވަނީ ފައިސާގެ ބޮޑެތި އިނާމުތަކާއި، ސްޕޮންސަރުންގެ ފަރާތުން ހަދިޔާކުރި އިނާމުތައް ދީފައެވެ. އެގޮތުން، އެއްވަނަ ހޯދި ޓީމަށް 1 ލައްކަ ރުފިޔާ، ދެވަނަ ހޯދި ޓީމަށް 75،000 ރުފިޔާ އަދި ތިންވަނަ ހޯދި ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ދީފައެވެ.

ޔޫތު ހެކަތޯން 2025 ގެ 1 ވަނައައަށް ހޮވިފައިވަނީ ޓީމް ސީ ސްޓޭކް އެވެ. 2 ވަނައަށް ހޮވިފައިވަނީ ޓީމް ވޭވް މައިންޑްސް އަދި 3 ވަނައަށް ހޮވިފައިވަނީ ޓީމް ސިކްސް ސެވެން އެވެ.

މި ހެކަތޯންގެ ކާމިޔާބީއާއެކު، ކޯޑިން އަދި ޓެކްނޮލޮޖީގެ ދާއިރާއިން ޒުވާނުންނަށް ލިބުނު ފުރުސަތުތަކުގެ ސަބަބުން، މުސްތަޤްބަލުގައި މިފަދަ އިތުރު ހަރަކާތްތައް ބޭއްވުމުގެ އުންމީދު ބޮޑެވެ.

މިއަދު އޮންލައިން