ޢިބްރަތްތެރި ވާހަކަ: ލޯބިވެރިއަކު ހޯދައި އަނބިމީހާގެ ކުރިމަތީގަ ގެންގުޅެ އަނބިމީހާގެ ހިތުގަ ޖެއްސުވި ފިރިހެނަކަށް އެކަމުން ކުރަންޖެހިފައިވާ ހިތި ތަޖުރިބާގެ ވާހަކަ އޭނާގެ ދުލުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 8ސ
ޢިބްރަތްތެރި ވާހަކަ: ލޯބިވެރިއަކު ހޯދައި އަނބިމީހާގެ ކުރިމަތީގަ ގެންގުޅެ އަނބިމީހާގެ ހިތުގަ ޖެއްސުވި ފިރިހެނަކަށް އެކަމުން ކުރަންޖެހިފައިވާ ހިތި ތަޖުރިބާގެ ވާހަކަ އޭނާގެ ދުލުން-

މިއުޅެނީ މާދިގު ވާހަކަތަކެއް ކިޔައިދޭކަސް ނޫނެވެ. ވަރަށް ކުރުކޮށް މިބުނެދެނީ އަލޫގަނޑަށް ދިމާވި ގޮތެވެ. ރަނގަޅަށް ވިސްނަވާށެވެ!  

އަޅުގަނޑު ލޯބިވެރިއަކު ހޯދީ އަނބިމީހާ ގޯސްވެގެނެއް ނޫނެވެ. އޭނާގެ ކިބައިން އެއްވެސް ކުށެއް ފެނިގެނެއްވެސް ނޫނެވެ. އަޅުގަނޑު އެކަންކުރާހިތްވީއެވެ. އެކަންކުރީ މާބޮޑަށް ވިސްނައިގެނެއްވެސް ނޫނެވެ. ހަވާ ނަފްސަށް ހެއްލެވިގެންނެވެ.  

އެކަމުގެ ތެރޭގައި އުޅުނުއިރު އަނބިމީހާއަކަށް ވިސްނައެއްވެސް ނުލަމެވެ. އޭނާގެ ހިތަށް ކުރާނެ އަސަރު އިޙްޞާޞްވެސް ނުކުރެވެއެވެ. ގެއަށް ގެނެސް އަނބިމީހާގެ ކުރިމަތީގައިވެސް ގެންގުޅުނީމެވެ. ބައެއް ކަންކަންވެސް ކުރެވުނެވެ.  

ދެމީހުން ކައިވެނިކުރިތަނާހެން ދަރިފުޅު ގޮވައިގެން އަނބިމީހާ ގެއިން ނުކުމެގެން ހިނގައްޖެއެވެ. އެކަމަކަށްވެސް އަޅައެއް ނުލަމެވެ. ކައިވެންޏަށް 3 ވަނަ ހަފްތާގައި ފެނުނީ އަހުރެންގެ އެންމެ ގާތް އެކުވެރިޔާއާއި ދެވަނަ އަނބިމީހާއާއި ދެމީހުން އަޅުގަނޑުގެ ކޮޓަރީގައި، އަޅުގަނޑުގެ އެނދުގައި ތިބެގެން ލޯބިކުރަނިކޮށެވެ.  

އެރޭ ވަރަށް އަސަރުކުރިއެވެ. ދެރަވިއެވެ. ދޮށީ އަނބިމިހާއާއިމެދު ކަްނކަންކުރެވުނު ގޮތް ހިތަށް އެރިއެވެ. އޭނާއަށް ދެއްކުނު މަންޒަރުތައް ލޮލަށް ފެންނަން ފެށިއެވެ. ދެވަނަ އަނބިމީހާ ވަރިކޮށް ގެއިން ނެރެލުމަށްފަހު ދިއައީ ދޮށީ އަނބިމީހާގެ ގާތަށެވެ. މާފަށް އެދޭށެވެ. އަނބުރައި ގެއަށް ގެންނާށެވެ!

އޭނާ ދިން ޖަވާބުވެސް ބުނެލާނަމެވެ! "ތިބާ ތިއައައީ އަހުރެންދެކެ ލޯތްބަކުން ނޫނެވެ. އަދި ދަރިފުޅުދެކެވެސް ލޯތްބަކުން ނޫނެވެ. ހަގު އަނބީގެ ސަބަބުން ހިތަށް ކުރި އަސަރު ކުޑަކުރެވޭތޯއެވެ. ތިއަކަން ތިއަހެން ނުވިނަމަ ދުވަހަކުވެސް އަހުރެންނާއި ަދރިފުޅު ދެކެލަންވެސް ނުއަންނާނެއެވެ. އެހެން ނޫންނަމަ މިހައިދުބަސްވީއިރު ތިބި ޙާލު ބަލައިލީހެވެ. ދަރިފުޅަށް ބޭނުންވާނެ ކަންތައްތަކެއް ހުންނާނެކަންވެސް އެނގޭނެއެވެ. ކޮންމެ ދުވަހަކު އުރައި ގެންގުޅުނު ބައްޕަ ނުފެނުމުން އެކުއްޖާ ދެރަވާނެކަންވެސް އެނގޭނެއެވެ. މިހުރިހާ ކަމަކަށް ބަލައި ވަރިވާން ފޯމުލައިފީމެވެ. އަހުރެންނަށާއި ދަރިފުޅަށް ދެންވެސް ހެޔޮކަމެއް ކޮށްދޭނެނަމަ ކޯޓަށްގޮސް އަވަހަށް ވަރިކޮށްލައިދޭށެވެ. ޚަރަދެއް އެއްވެސް އެއްޗެއް ބޭނުމެއް ނޫނެވެ. ވަޒީފާއެއްވެސް ލިބިއްޖެއެވެ. މާދަމާ ވަޒީފާއަށް ނުކުންނާނަމެވެ."  

އަހުރެން އެނބުރި ގެއަށް އައީވެސް ކަރުނައަޅަމުންނެވެ. ލިބުނު ދެރައިގެ ހިތާމައިގައި 3 އަހަރު ހުރީމެވެ. ތައުބާއެއްގެ ގޮތުން ކައިވެނިކުރީ 3 ދަރިންގެ މަންމައަކާއިއެވެ. އުމުރުންވެސް ދޮށީ އަންހެނަކާއިއެވެ.  

މިއީ އަހުރެންގެ ބަދުނަޞީބު ޙަޔާތުގައި ކަންކަން މެދުވެރިވި ގޮތެވެ. ދޮށީ އަނބިމީހާއާއިމެދު ކަންކަން ކުރެވުނު ގޮތާއިމެދު މިއަދުވެސް ހިތާމަކުރަމެވެ. ކައިވެނިކުރަން އަދިވެސް ބޭނުމެވެ. އެކަމަކު އެފުރުޞަތު ގެއްލިދިއައީއެވެ. އޭނާވަނީ އަހުރެންނަށްވުރެ މާރަނގަޅު، މާތަނަވަސް މީހަކާއި ކައިވެނިކޮށްފައެވެ. އަހުރެން އެންމެ ދެރަވަނީ އޭނާ ގެއްލިގެނެއް ނޫނެވެ. އޭނާގެ ހިތުގައި ޖެއްސުނީތީއެވެ. ނުފިލައިގެން މިއުޅެނީ އެކަމުގެ ހަނދާންތަކެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން